Advertisement

ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ

17 އޮގަސްޓު 2025 - 15:20 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ

17 އޮގަސްޓު 2025 - 15:20 0

ފުލުހުންގެ ބަންދުގައި ހުރި ދިވެއްސަކު މަރުވެއްޖެ އެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުުގައި މަރުވެފައިވަނީ ގ. ޒާމިއާ، އަހްމަދު އަފްރާހު، 48، އެވެ. އޭނާ މަރުވީ އަތޮޅުވެހީގެ ހަތް ނަންބަރު ގޮޅީގަ އެވެ.

އޭނާއަކީ އޮގަސްޓު 15، ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެކެވެ. ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ 30 ދުވަހަށް ބަންދު ކުރަން އޮތީ އަމުރުކޮށްފަ އެވެ.

އޭނާ ބަންދު ކުރަން ޖެހޭ ސަބަބެއްގެ ގޮތުގައި އޮތީ މަސްތުވާތަކެއްޗަށް ދެވިހިފައިވާތީ ފަރުވާ ދޭން ޖެހޭ މީހަކަށް ވާތީ އެވެ.

'އަދަދު' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ބަންދުކޮށްފައި ހުރި ގޮޅި ތެރޭގައި މަރުވެފައި އޮތްކަން ފާހަގަކުރެވުނީ ފުލުހުންނަށެވެ. ފުލުހުންނަށް އެކަން އެނގުނީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައި އިތުރު މީހަކު ބަންދުކުރުމަށް ގޮޅި ހުޅުވި ވަގުތު އޭނާ ހަރަކާތް ނުކުރާކަން ފާހަގަކުރެވިގެން ގޮސް ބެލުމުންނެވެ.

އޭނާގެ މަރުގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެތެރޭގެ ތަހުގީގެއް ވެސް ފަށާފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ފުލުހުންގެ ބަންދުގައި ތިބޭ މީހުން މަރުވުމުގެ މައްސަލަތައް މި ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.