ޕެޝާވަރު، ޕާކިސްތާނު (އޮގަސްޓު 16) - ހުޅަނގު އުތުރު ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ހިނގި ހާދިސަތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
ފާއިތުވި ދެ ދުވަހު އެ ސަރަހައްދަށް މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުން ފަދަ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.
އެ ގައުމުގެ ޕްރޮވިންޝަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން ވަނީ މިހާތަނަށް 307 މީހުން މަރުވެފައިވާކަން ކަށަވަރު ކޮށްދީފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު އިތުރުވާނެ ކަމަށް އިދާރާތަކުން ބުނެ އެވެ.
އެންމެ ގިނަ އަދަދެއްގެ މީހުން މަރުވީ ވެރިރަަަށް އިސްލާމްއާބާދުގެ އުތުރުން އޮންނަ ބުނަރު ޕްރޮވިންސުންނެވެ.
ޕާކިސްތާނުގެ ބޯޑަރުގައި އޮންނަ ނޭޕާލާއި އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވެސް މި ވިއްސާރައިގެ އަސަރު ވަނީ ކޮށްފަ އެވެ.
އެ ސަރަހައްދުތަކުގައި ތިބި މީހުން ސަލާމަތް ކުރުމުގެ ކަންކަން އިދާރާތަކުން އަންނަނީ ކުރަމުންނެވެ.
Comment