17 އޮގަސްޓު 2025 - 13:20 3
ލީވާން އަލީ ނާސިރު
17 އޮގަސްޓު 2025 - 13:20 3
ދިވެހިރާއްޖެއަށް އެތެރެ ކުރުން މަނާކޮށްފައި އޮތް ވޭޕާއި އެއާ ގުޅޭ އެކި ސާމާނު އެތެރެ ކުރިކަން ފަޅާ އެރުމުން، ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ހަދާފައި އޮތް ޔޫތު އެޑްވައިޒަރީ ބޯޑުން އިސްތިއުފާ ދޭން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުالله މާހިލް ޝަހީމް ނިންމައިފި އެވެ.
އަދަދު އަށް އިތުބާރު ހިފޭ މަސްދަރަކުން ކަށަވަރުކޮށްދިން ގޮތުގައި މާހިލް މިއަދުގެ ވަގުތެއްގައި ޔޫތު އެޑްވައިޒަރީ ބޯޑުން އިސްތިއުފާ ދޭނެ އެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުއަށް ގުޅައި މެސެޖު ކުރުމުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މާހިލް ވޭޕް އެތެރެކުރި މައްސަލައިގައި ކަސްޓަމްސްއިން މިހާތަނަށް ބަހެއް ނުބުނެ އެވެ.
މައުލޫމާތު އެހެން މީހަކު ބުނީ މާހިލް ރާއްޖޭން ބޭރުން އައިއިރު 100 އަށް ވުރެ ގިނަ އަދަދަކަށް ވޭޕް ކުރާ ސާމާނު އެތެރެކުރަން އުޅުނު ކަމަށެވެ. ނަމަވެސް އެ ތަކެތި ކަސްޓަމްސްއިން ހިފަހައްޓައި އޭނާ 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment