17 އޮގަސްޓު 2025 - 09:26 1
ލީވާން އަލީ ނާސިރު
17 އޮގަސްޓު 2025 - 09:26 1
ލ. ކައްދޫ އެއާޕޯޓުގައި މިދިޔަ ހުކުރު ދުވަހު ކަފިހި ހުރަސްކުރި ދުވަސްވީ އަންހެނެއް ގައިގައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓުގައި އެ އަންހެން މީހާ މަރުވި މައްސަލައިގައި ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފި އެވެ.
ލ. ކައްދޫ އެއާޕޯޓުގައި މިދިޔަ ހުކުރު ދުވަހު ކަފިހި ހުރަހުން ހުރަސްކުރި ދުވަސްވީ އަންހެނެއް ގައިގައި ސައިކަލަކުން ޖެހި ހިނގި އަންހެން މީހާ މަރުވި މައްސަލައިގައި ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރީ ލ. ފޮނަދޫ، ހޯރަ ވިލާ، މުހައްމަދު ނައުސާން، 37 ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
ކަފިހި ހުރަހުން ހުރަސްކުރަނިކޮށް ސައިކަލުން ޖެހި އެކްސިޑެންޓުވީ 64 އަހަރުގެ އަންހެނަކާއި އެ އަންހެން މީހާގެ މާމަ ދަރިއެކެވެ. އެކްސިޑެންޓުގައި 64 އަހަރުގެ މީހާއަށް ލ. ގަމު ހޮސްޕިޓަލުން ފަރުވާދެނިކޮށް މަރުވިއިރު، މާމަ ދަރިއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުން ފަރުވާދިނެވެ.
ރާއްޖޭގައި އޮންނަ އެންމެ ދިގު އެއް މަގު ހިމެނޭ ލ. ފޮނަދޫ އާއި ގަން ގުޅާލާފައި އޮންނަ ލިންކް ރޯޑުގައި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީހުންގެ ފުރާނަ ގޮސްފައިވެ އެވެ.
މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ލ. މާންދޫގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި 30 އަހަރުގެ ޒުވާނަކު މަރުވި އެވެ.
Comment