17 އޮގަސްޓު 2025 - 06:01 0
އަތޫފް އާތިފް
ކޮތައިފަރު އާއި ކޯރާ ކޯރާ ކުުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ
17 އޮގަސްޓު 2025 - 06:01 0
ރިސޯޓް ލީގު 2025 ގެ ރ. އަތޮޅު ޒޯނުގައި ކޯރާ ކޯރާ މޯލްޑިވްސް އިން ކުޅުނު ފުރަތަމަ މެޗުގައި އަލިލާ ކޮތައިފަރު މޯލްޑިވްސްގެ މައްޗަށް ފަސޭހަކަމާ އެކު ކުރިހޯދައި މޮޅަކުން މުބާރާތް ފަށައިފި އެވެ.
ޖޯލި މޯލްޑިވްސްގައި މި ޒޯންގެ މެޗުތައް ކުޅޭއިރު، އިއްޔެ ހަވީރު ކުޅުނު މެޗުގައި ކޯރާ ކޯރާއިން ކޮތައިފަރު ބަލިކުރީ 7-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗު ފަށައިގެން މިނިޓެއް ނުވަނީސް ކޯރާ ކޯރާ އަށް ލީޑު ނަގައިދިނީ އަހުމަދު ޒަމީމް އެވެ. އަދި އޭގެ ފަސް މިނިޓް ފަހުން ރައުލް ނިޔާޒް ވަނީ ގޯލު ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ.
ކޯރާ ކޯރާގެ ތިން ވަނަ ގޯލަކީ މެޗުގެ އަށްވަނަ މިނިޓްގައި ކޮތައިފަރުގެ މުހައްމަދު އިރުޝާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޯރާ ކޯރާ އިން ވަނީ ހަތަރުވަނަ ގޯލު ވެސް ޖަހައިފަ އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރައުލް އެވެ.
ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނިޓްގައި ކޯރާ ކޯރާގެ ފަސްވަނަ ގޯލު ޖަހައިދިނީ އަލީ ޝަމާލް އެވެ. އެކަމަކު އޭގެ ތިން ،މިނިޓް ފަހުން އިރުޝާމް ވަނީ ގޯލު ޖަހައި ކޮތައިފަރަށް ފަރަގު ހަނިކޮށްދީފަ އެވެ. އެކަމަކު ކޯރާ ކޯރާގެ ޝަމާލް އަދި ޒައީމް ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ.
މި ޒޯނުގައި ތިން ޓީމެއް ވާދަކުރާއިރު، ލީގު ބުރު ނިމޭއިރު އެއް ވަނަ ޓީމަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. އަދި، ފައިނަލުގެ ދެ ވަނަ ޖާގަ ލިބިގެންދާނީ، ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ. މިހާރު އޮތްގޮތުން، ފައިނަލްގެ ޖާގަ ލިބިގެންދާނީ، ޖޯލި އާއި ކޯރާ ކޯރާ އިން މިއަދު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.
Comment