15 އޮގަސްޓު 2025 - 16:26 13
މުހައްމަދު ޝަހްޒާން
އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު އާއި އޭނާގެ ދަރިކަލުން އަބްދުالله މާހިލް ޝަހީމް -- ފޮޓޯ: އަދަދު
15 އޮގަސްޓު 2025 - 16:26 13
އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުالله މާހިލް ޝަހީމް ރާއްޖެއަށް އައިއިރު، ވޭޕް ކުރާ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުމުން ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ.
މާހިލް އަކީ ރައީސް މުހައްމަދު މުއިއްޒަށް ލަފާ އަރުވާ ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރެކެވެ. އޭގެއިތުރުން އޭނާއަކީ ފޮރިން މިނިސްޓްރީގެ މަގާމެއް ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
އެނގިފައިވާ ގޮތުގައި ވޭޕް ކުރާ ސާމާނު ފެނުނީ މާހިލް ރާއްޖެއަށް އައިއިރު ގެނައި ލަގެޖާއި ހަށިގަނޑުންނެވެ. ވަރަށް ގިނަ އަދަދެއްގެ ވޭޕު ސާމާނު މާހިލްގެ ހަށިގަނޑުގައި ބަނދެފައި ވެސް ހުއްޓެވެ.
އެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ބަލައިލާނެ ކަމަށެވެ. އޭގެފަހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ނަމަވެސް ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން ކަސްޓަމްސްގެ ބައެއް އޮފިޝަލުން ވަނީ އެކަން އަދަދު އަށް ކަށަވަރު ކޮށްދީފަ އެވެ.
އެ އޮފިޝަލުން ބުނީ މާހިލް ހިފަހައްޓައި ޗެކު ކުރިއިރު، އޭނާގެ ލަގެޖުން ވޭޕް ސާމާނު ފެނުނު ކަމަށެވެ. އެކަމަކު އޭނާ އަތުން ފެނުނީ ވޭޕާ ގުޅުންހުރި ކޮން ސާމާނެއް ކަމެއް އަދި ނޭނގެ އެވެ. އެ ތަކެތި ހިފެހެއްޓުމަށްފަހު އެއް މިލިއަން ރުފިޔާއިން މާހިލް ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް އެ އޮފިޝަލުން ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment