Advertisement

ރޮނާލްޑޯގެ އަލް ނަސްރާއި ގޯއާ އެއް ގްރޫޕަކަށް؛ އިންޑިއާގައި އެއް މެޗު ކުޅޭނެ!

15 އޮގަސްޓު 2025 - 13:41 0


ރޮނާލްޑޯގެ އަލް ނަސްރާއި ގޯއާ އެއް ގްރޫޕަކަށް؛ އިންޑިއާގައި އެއް މެޗު ކުޅޭނެ!

15 އޮގަސްޓު 2025 - 13:41 0

ކުއާލަ ލަމްޕޫރު، މެލޭޝިއާ (އޮގަސްޓް 15) - އޭއެފްސީގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫގައި ސައުދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަންކަމުގައި ކުޅޭ އަލް ނަސްރާއި އިންޑިއަން ސުޕަ ލީގުގެ ގޯއާ އެފްސީ އެއް ގްރޫޕެއްގައި ހިމެނިއްޖެ އެވެ.

މިއަދު ބޭއްވި ގުރުއަތުލުމުގައި، ގޯއާ އާއި އަލް ނަސްރުގެ އިތުރުން ދެން މި ގްރޫޕްގައި ހިމެނެނީ، އިރާގުގެ އަލް ޒައުރާ ސްޕޯޓްސް ކްލަބާއި ތަޖިކިސްތާންގެ އިސްތިގްލާލް ފުޓްބޯލް ކްލަބް އެވެ.

މުބާރާތުގެ ފޯމެޓް އެކުލެވިފައިވާ ގޮތުން، ކޮންމެ ޓީމެއް އެއް ޓީމެއް އަނެއް ޓީމަކާ ހޯމް އެންޑް އަވޭގައި ކުޅޭނެ އެވެ. މާނަ އަކީ، ރޮނާލްޑޯގެ އަލް ނަސްރުން އިންޑިއާގައި އެއް މެޗު ކުޅޭނެ އެވެ. އެ މެޗު އޮތީ އޮކްޓޫބަރު 22 ވަނަ ދުވަހު އެވެ.

މި އަހަރު އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ ވެސް އިންޑިއާ އަށް އަންނަ ގޮތަށް ވަނީ ހަަމަޖެހިފަ އެވެ. އެ ގޮތުން، ޑިސެމްބަރު މަހުގެ ތެރޭގައި މެސީ، އިންޑިއާގެ ތިން ސިޓީ އަކަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އަދި، އޮކްޓޫބަރު ނޫނީ ނޮވެމްބަރުގެ ތެރޭގައި، އާޖެންޓީނާ ގައުމީ ޓީމު މެސީ ހިމެނޭ ގޮތަށް އިންޑިއާގައި މެޗެއް ކުޅޭނެ ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.