Advertisement

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޔޫކްރެއިންގެ ރައީސްއާ ބައްދަލުކުރައްވައިފި

16 އޮގަސްޓު 2025 - 14:54 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޔޫކްރެއިންގެ ރައީސްއާ ބައްދަލުކުރައްވައިފި

16 އޮގަސްޓު 2025 - 14:54 0

އިނގިރޭސިވިލާތުގެ ލަންޑަނުގައި އެ ގައުމުގެ ބޮޑުވަޒީރު ކިއޭ ސްޓާމަ އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރު ޒެލެންސްކީއާ ބައްދަލުކުރައްވައިފި އެވެ.

ސްޓާމާ ވަނީ ލަންޑަންއިން, ޒެލެންސްކީ އަށް ހޫނު މަރުހަބާ އެއް ކިޔުއްވާފަ އެވެ. އޭނާގެ ވާހަކައިގައި ސްޓާމާ ވިދާޅުވީ, ޔޫކްރެއިން އަށް އިނގިރޭސިވިލާތުން ދެމުން ގެންދާ އެހީތެރިކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ޔޫކްރެއިންގެ ސިޔާދަތީ މިނިވަންކަމާއި ސަރަހައްދީ ސަލާމަތްތެރިކަން ދިފާއުކުރުމުގައި އިނގިރޭސިވިލާތުން އަބަދުވެސް ޔޫކްރެއިން އަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތަކުގައި ޔޫކްރެއިންގެ ސީދާ ބައިވެރިވުން މުހިންމުކަމާ މެދު ދެ ގައުމުގެ ލީޑަރުން ވަނީ މި ބައްދަލުވުމުގައި މަޝްވަރާކޮށްފަ އެވެ. އަދި މީގެ އިތުރުން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާގެ އެއްބާރުލުން ނުލިބޭކަމުގައި ވާނަމަ، ރަޝިޔާގެ މައްޗަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އިނގިރޭސިވިލާތުން ތައްޔާރަށް އޮތް ކަމަށް ސްޓާމަރ ވިދާޅުވި އެވެ.

ޒެލެންސްކީ އިނގިރޭސިވިލާތައް ކުރެއްވި މި ދަތުރުފުޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔޫރަޕްގެ ލީޑަރުންނާއެކު އޮންލައިންކޮށް ބޭއްވުނު މަޝްވަރާތަކަށްފަހު ކުރެއްވި ދަތުރުފުޅެކެވެ.

ލަންޑަނުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ސަރަހައްދީ ހަމަޖެހުން ގާއިމްކުރުމަށް އުފައްދާފައިވާ "ކޯލިޝަން އޮފް ދަ ވިލިން" ގެ ބައެއްގެ ގޮތުން ފްރާންސް އަދި ޖަރުމަނާއެކު ވެސް ވަނީ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮއްސަ އެވެ.

އިނގިރޭސިވިލާތުގައި އެގައުމުގެ ބޮޑުވަޒީރާއި ޔޫކްރެއިންގެ ރައީސް ބައްދަލުކޮށްފައި މިވަނީ, އޮގަސްޓް މަހު 15 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަލަސްކާ ސަމިޓްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވޮލޮޑިމިރ ޕުޓިން ބައްދަލުކުރެއްވުމަށް ނިންމާފައި ވަނިކޮށެވެ.