Advertisement

މަގުބޫލު ހުރިހާ ފުޓުބޯޅަ ލީގުތަކެއް ފޯނުން ބެލޭ "ސީޒަން ޕާސް" މީޑިއާނެޓުން ތައާރަފްކޮށްފި

14 އޮގަސްޓު 2025 - 16:35 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މަގުބޫލު ހުރިހާ ފުޓުބޯޅަ ލީގުތަކެއް ފޯނުން ބެލޭ "ސީޒަން ޕާސް" މީޑިއާނެޓުން ތައާރަފްކޮށްފި

14 އޮގަސްޓު 2025 - 16:35 2

މާދަމާ ފަށާ ސްޕެނިޝް ލަލީގާގެ ހުރިހާ މެޗެއް މީޑިއާނެޓްގެ އެމްޓީވީ އެޕް މެދުވެރިކޮށް ބެލޭ ސީޒަން ޕާހެއް ތައާރަފްކޮށްފި އެވެ.

މީޑިއާނެޓުން ބުނީ އެމްޓީވީގެ މޯބައިލް އެޕް މެދުވެރިކޮށް ލަލީގާގެ ހުރިހާ މެޗެއް 2025/2026 ސީޒަން ނިމެންދެން ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ވަގުތުން ބެލޭނެ ކަމަށެވެ.

ލަލީގާގެ ހުރިހާ މެޗެއް ބެލޭ ސީޒަން ޕާސް ސަބްސްކްރައިބް ކުރެވޭނީ 199ރ. އަށް ކަމަށްވާއިރު، ސީޒަން ޕާހަށް ހާއްސަ ވެބް ޕޭޖުން އެއަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.

މީގެއިތުރުން ލަލީގާ އާއި ޗެމްޕިއަންސް ލީގު، ޕްރިމިއާ ލީގު އަދި އިތުރު ލީގްތައް ވެސް ބެލޭ އަންލިމިޓެޑް ސްޕޯޓްސް ޕާސްއެއް 450ރ. އަށް ސަބްސްކްރައިބް ކުރެވޭނެ އިންްތިޒާމު މީޑިއާނެޓުން ވަނީ ހަމަޖައްސާފަ އެވެ. އެ ޕާހުން މުޅި ސީޒަނުގައި މެޗުތައް އެމްޓީވީ މެދުވެރިކޮށް ބެލޭނެ އެވެ.

ސްޕެނިޝް ލަލީގާގައި މިފަހަރުވެސް ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑް ހިމެނޭ ގޮތަށް 20 ޓީމު ވާދަކުރާނެ އެވެ. ސީޒަން ފަށާ މެޗުގައި ބައްދަލުކުރާނީ ޖިރޯނާ އަދި ރަޔޯ ވަޔެކާނޯ އެވެ.