14 އޮގަސްޓު 2025 - 13:10 1
ލީވާން އަލީ ނާސިރު
މާލެ ސިޓީ: މާލެ އާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފައި -- ފޮޓޯ: އަދަދު ފައިލް
14 އޮގަސްޓު 2025 - 13:10 1
މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން އެކަން ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ސްޓެލްކޯއިން ބުންޏެވެ.
މިދިޔަ ހޮނިހިރު ދުވަހު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނެވެ. އެ ދުވަހު ކަރަންޓުގެ ހިދުމަތް އަނބުރާ ލިބުނީ ދެ ގަޑިއިރަށްވުރެ ގިނަ އިރުވީ ފަހުންނެވެ.
އޭގެކުރިން ޖޫން 1، ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ގޮތަށް މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވެ އެވެ. އެ ދުވަހު ކަރަންޓުގެ ހިދުމަތް އަނބުރާ ދެވުނީ ފަސް ގަޑިއިރަށްވުރެ ގިނަ އިރު ފަހުންނެވެ.
މާލެ އާއި ހުޅުމާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުން ވަނީ އިތުރުވެފަ އެވެ.
ޅި މާލެއިން ތަކުރާރުކޮށް ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވަމުންދާ މައިގަނޑު ސަބަބަކީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގެ ތެޔޮ ޓޭންކުތަކަށް ބަރާބަރަށް ތެޔޮ ނޭޅޭތީ ކަމަށް އިތުބާރު ހިފޭ މަސްދަރުތަކުން އަދަދު އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ކަރަންޓު ކެނޑޭ މައްސަލައިގައި އަދަދު ނޫހުން ސްޓެލްކޯގެ ބައެއް ވެރިންނާއި، ކަމުގެ މައުލޫމާތު އެނގޭ މި ސަރުކާރުގެ ބައެއް ވެރިންނާއި މާހިރުންނާ ވާހަކަ ދެކެވުނެވެ. އެ އެންމެން ވެސް ބުނަނީ ކަރަންޓަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ބަރާބަރަށް ނޭޅުމެވެ.
Comment