Advertisement

ބ. އަތޮޅަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު އެނބުރި މާލެ ވަޑައިގެންފި

14 އޮގަސްޓު 2025 - 13:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް މުހައްމަދު މުއިއްޒު ދަރަވަންދޫއަށް ވަޑައިގެންނެވުން: އެމަނިކުފާނު ވަނީ އެނބުރި މިހާރު މާލެ ވަޑައިގެންފައި -- ފޮޓޯ: ރައީސް އޮފީސް


ބ. އަތޮޅަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު އެނބުރި މާލެ ވަޑައިގެންފި

14 އޮގަސްޓު 2025 - 13:45 0

ބ. އަތޮޅަށް ކުރެއްވި ދަތުރަށްފަހު ރައީސް މުހައްމަދު މުއިއްޒު އެނބުރި މިއަދު މާލެ ވަޑައިގެންފި އެވެ.

މުއިއްޒު ބ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅު ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށް ޒިޔާރަތްކުރެއްވި އެވެ.

ބައެއް މިނިސްޓަރުންނާއި ބައެއް މުއައްސަސާތަކުގެ ވެރިންނާއެކު މުއިއްޒު ކުރެއްވި އެ ދަތުރުގައި ބ. އަތޮޅުގެ ކައުންސިލްތަކާއި ރައްޔިތުންނާއި ބައްދަލުކުރައްވައި ވެވަޑައިގެންފައިވާ ވައުދުތައް ތަކުރާރުކުރައްވައި، އައު ވައުދުތަކެއް ވެސް ވެފަ އެވެ.

އެ ދަތުރަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މުއިއްޒު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރެކެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވާ ދަނޑިވަޅުގައި މުއިއްޒު ރަށްރަށަށް ސަރުކާރުގެ ހަރަދުގައި ވަޑައިގަންނަވާތީ އެކަމާ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ވެރިކަމުގެ ފަސް އަހަރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދެ ފަހަރެއްގެ މަތިން ދަތުރު ކުރެއްވުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިދިޔަ އަހަރު ވެސް މުއިއްޒު ވަނީ ގިނަ ރަށްތަކަށް ވަޑައިގެން ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށަަކަށް ދެވަނަ ފަހަރަށް ދަތުރުކުރަން 2027 ގަައި ފަށާނެ ކަމަށް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.