Advertisement

ބާ ކައުންސިލުގެ މޮކް އިމްތިހާނު ކަރުދާހެއް ކަމަށް ބުނެ ފޭކު ލިޔުމެއް ދައުރު ކުރާތީ ސަމާލުވާން އެދެފި

12 އޮގަސްޓު 2025 - 17:35 1

ބާ ކައުންސިލުގެ އިމްތިހާނެއްގެ ތެރެއިން: ފޭކު ލިޔުން ދައުރު ކުރާ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅަން ވަނީ ނިންމައިފަ -- ފޮޓޯ: ކައުންސިލް


ބާ ކައުންސިލުގެ މޮކް އިމްތިހާނު ކަރުދާހެއް ކަމަށް ބުނެ ފޭކު ލިޔުމެއް ދައުރު ކުރާތީ ސަމާލުވާން އެދެފި

12 އޮގަސްޓު 2025 - 17:35 1

ބާ ކައުންސިލް މޯލްޑިވްސްގެ މޮކް އިމްތިހާނު ކަރުދާހެއް ކަމަށް ބުނެ ފޭކު ލިޔުމެއް ދައުރު ކުރާތީ އެކަމަށް ސަމާލުވާން އެ ކައުންސިލުން އެދެފި އެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ކައުންސިލުގެ ވެބްސައިޓުން ނުވަތަ ސޯޝަލް މީޑިއާ އެކައުންޓުން ނޫން ގޮތަކަށް ކައުންސިލުން އެންޑޯޒް ކޮށްފައިވާ އެއްވެސް ލިޔުމެއް ޕަބްލިޝް ނުކުރާނެ ކަމަށެވެ.

ބާ އިމްތިހާނު ކައިރިވެފައި އޮއްވައި، ބާ ކައުންސިލުގެ މޮކް ކަރުދާހެއް ކަމަށް ބުނެ ފޭކު ލިޔުމެއް ދައުރު ކުރާތީ އެފަދަ ކަންކަން ނުކުރަން ކައުންސިލް ވަނީ އިލްތިމާސްކޮށްފަ އެވެ.

"ބާ ކައުންސިލުގެ އިމްތިހާނެއް ކަމަށް ބުނެ ލިޔުމެއް ދައުރު ކުރުމަކީ ބާ އިމްތިހާނުގެ ބައިވެރިންނަށް އެކަމުގެ ސަބަބުން އޮޅުންތަކެއް އަރާނެ ކަމެއް ކަމަށްވާތީ އެފަދަ ކަންކަން ނުކުރަން އިލްތިމާސް ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ބާ ކައުންސިލުން ބުނެފައި ވަނީ، އެ ކައުންސިލުގެ ނަމުގައި ފޭކު ލިޔުމެއް ދައުރު ކުރާ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.