Advertisement

ދައުރު ދަންމާލަނީ އަވަސް އަރުވާލައިގެން ބިލުތަކެއް ނިންމާކަށް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވެއްޖެ

12 އޮގަސްޓު 2025 - 11:25 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މަޖިލިސް އިދާރާ އަބްދުއްރަހީމް ރިޔާސަތުގައި. މަޖިލީހުގެ ދައުރު އެއް ހަފްތާއަށް ދަންމާލަން މިއަދު ވޯޓަށް އަހާނެ --- ފޮޓޯ: މަޖިލިސް އިދާރާ


ދައުރު ދަންމާލަނީ އަވަސް އަރުވާލައިގެން ބިލުތަކެއް ނިންމާކަށް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވެއްޖެ

12 އޮގަސްޓު 2025 - 11:25 0

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ދަންމާލަނީ އެއްވެސް ހާލަތެއްގައި އަވަސް އަރުވާލައިގެން ކަންކަން ނިންމަން ނޫން ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަސައްކަތްތައް ބެހިފައިވަނީ ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ އެކަކުން ފެށިގެނެ މެއި 15، އަށެވެ. ދެވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު 15، އަށް ނިމޭއިރު ތިންވަނަ ދައުރު ފަށަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. އަދި އެ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ފަހު ދުވަހު އެވެ.

މަޖިލީހުގައި ނެގި ވޯޓުގައި މެންބަރުން ވަނީ ދައުރު އިތުރު ހަފުތާއަށް ދަންމާލަން ތާއީދުކޮށްފަ އެވެ. މިހެން ކަމުން މި އަހަރުގެ ދެވަނަ ދައުރު ނިމޭނީ މި މަހުގެ 21 ގަ އެވެ.

އަބްރުއްރަހީމް ވިދާޅުވީ ދައުރު ދަންމާލީ ނުނިމި ހުރި މަސައްކަތްތަކެއް ނިންމަން ކަމަށެވެ. އަދި ދޮޅު މަސްދުވަހުގެ ޗުއްޓީއަކަށް ދިޔަޔަސް ރައްޔިތުންނާ ގުޅުން ހުރި ކަންކަން ނުހުއްޓޭނީ އޭރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އަވަސް އަރުވާލައިގެން ބިލުތަކެއް ނިންމުމުގެ މަގުސަދެއްގައެއް ނޫން އެކަން މި ކުރަނީއެއް. އެކަން މިކުރަނީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި އަވަސްކަން ގެނެސްދިނުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާ ގުޅުން ހުރި ތަނަކަށް ވާތީ މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވަން ޖެހޭނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ނިންމުމަށް ފަހު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގޮތުން ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ އަތޮޅު ކައުންސިލްތައް އުވާލުމަށާއި ރަށާއި ސިޓީ ކައުންސިލްތަކުގެ އިތުރު ބާރުތަކެއް ނެގުމަށް ބިލެއް ހުށަހަޅަން ސަރުކާރުން ތައްޔާރުވަމުން އަންނަނިކޮށެވެ. އެ ބިލު މި ދައުރު ނިމުމުގެ ކުރިން ފާސްކުރާނެ ކަމަށް ބެލެވެ އެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ ކޮންޓްރޯލް ކުރާ މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީގެ މެންބަރުންތަކެއް ވަނީ އަތޮޅު ކައުންސިލްތައް އުވާލައި ދެން ހުރި ކައުންސިލްތަކުގެ އަތުގައި އޮތް އިތުރު ބާރުތަކެއް އަތުލަން އިތުރު ބިލެއް ހުށަހަޅާނެކަން އަދަދު އަށް ކަށަވަރު ކޮށްދީފަ އެވެ.