Advertisement

އެޗްއާރްސީއެމްގެ މެންބަރުކަމަށް ދެ ބޭފުޅެއްގެ ނަން މުއިއްޒު ހުށަހަޅުއްވައިފި

12 އޮގަސްޓު 2025 - 11:36 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެޗްއާރްސީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޝަނަށް އައްޔަން ކުރަން ދެ ބޭފުޅެއްގެ ނަން މުއިއްޒު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައި -- ފޮޓޯ: އެޗްއާރްސީއެމް


އެޗްއާރްސީއެމްގެ މެންބަރުކަމަށް ދެ ބޭފުޅެއްގެ ނަން މުއިއްޒު ހުށަހަޅުއްވައިފި

12 އޮގަސްޓު 2025 - 11:36 0

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް އައްޔަނުކުރުމަށް ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފި އެވެ.

އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ ދައުރު ސެޕްޓެމްބަރު 8، އަށް ހަމަވާތީ އެ މަގާމަށް އައްޔަންކުރަން މުއިއްޒު ފޮނުއްވީ މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން އަދި މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދުގެ ނަމެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އިތުރު ބޭފުޅެއްގެ ނަމެއް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވާފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އެ ދެ ބޭފުޅުންގެ ނަން ތަޅުމުގައި އިއްވުމަށްފަހު، އެ ނަންތައް ދިރާސާކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ ދައުރު ހަމަވާތީ އެ މަގާމުތަކަށް ރައީސް އޮފީހުން ދެ ފަހަރެއްގެ މަތިން ހުޅުވާލި އެވެ. ފުރަތަމަ ހުޅުވާލީ ޖޫން 24، ގަ އެވެ. ދެވަނަ ފަހަރަށް އަލުން މެންބަރުން ކަމަށް ކުރިމަތިލާން ޖުލައި 16، ގައި ހުޅުވާލި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޖޫން 24، ގައި ހުޅުވާލުމުން ބައެއް ބޭފުޅުން ކުރިމަތިލި އެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސް މޫމިިނާ ވަހީދު އަދި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެ މެންބަރުކަމުގެ ދައުރު އަންނަ ސެޕްޓެމްބަރު 8، ގައި ހަމަވާނެ އެވެ.