11 އޮގަސްޓު 2025 - 08:35 5
އިބްރާހިމް ސުޖާއު: އޭނާގެ ޓެންޓު ސެންޓްރަލް ޕާކުން ނަގަން ދެފަހަރެއްގެ މަތިން ވަނީ އަންގައިފަ -- ފޮޓޯ: އަދަދު ފައިލް
11 އޮގަސްޓު 2025 - 08:35 5
މޯލްޑިވްސް އެކްސްޕޯ ބާއްވަން މިދިޔަ މެއި މަހު ސެންޓްރަލް ޕާކުގައި މަޖިލިސް މެންބަރު އިބްރާހިމް ސުޖާއު ޖެހި ޓެންޓު ނުނަގަނީސް، ހަމަ އެތަނުގައި ބޮޑު ޓެންޓެއް ޖަހައިދޭނެ ބަޔަކު ހޯދަން ޓުއަރިޒަމް މިނިސްޓްރީ އިން އިއްޔެ އިއުލާނުކޮށްފި އެވެ.
ޓުއަރިޒަމް މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނެފައި ވަނީ ބޭނުންވަނީ 400 މީހުންގެ ޖާގައިގެ ޓެންޓެއް ކަމަށެވެ. ސުޖާއުގެ ޓެންޓަކީ ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ޓެންޓެވެ.
ސުޖާއުގެ ޓެންޓު ނަގަން ހުޅުމާލޭގެ މުނިސިޕަލް ކަންކަން ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ދެފަހަރެއްގެ މަތިން އަންގައިފަ އެވެ. އެކަމަކު، ސުޖާއުގެ ކުންފުނިން ޓެންޓު ނަގަން އެއްވެސް މަސައްކަތެއް ނުކުރާކަން އެނގިފައިވެ އެވެ.
މި ނޫހާ ވާހަކަ ދެއްކި، ކަމުގެ މައުލޫމާތު އެނގޭ އޮފިޝަލަކު ބުނީ، ޓެންޓު ނުނަގަނީ ބަހައްޓާނެ ތަނެއް ނެތިގެން ކަމަށް ސުޖާއުގެ ކުންފުނި އޮފިޝަލް އިވެންޓްސް އިން ބުނަމުންދާ ކަމަށެވެ.
"[އޮފިޝަލް އިވެންޓްސްއިން] ސީދާ އެކްސްޕޯއަށް ގެނައި ޓެންޓެއް. އެ މީހުން ބުނަނީ ބަހައްޓާނެ ތަނެއް ނެތިގެންނޭ ނުނަގަނީ،" އޮފިޝަލް ބުންޏެވެ.
އޭގެ އިތުރުން، ޓެންޓެއް ގަންނަން ބޭނުންވެގެން އެޗްޑީސީ އިން ވެސް ވަނީ މިފަހުން އިއުލާނެއްކޮށްފަ އެވެ. އެޗްޑީސީ އިން ބޭނުންވެގެން އުޅެނީ 500 މީހުންގެ ޖާގައިގެ ޓެންޓެކެވެ. ޓެންޓު ވިއްކަން ބިޑު ކުރުމުގެ ސުންގަޑި ހަމަވާނީ އޯގަސްޓު 19، ގަ އެވެ.
Comment