Advertisement

ގަވާއިދުގެ ތެރެއަށް ފެތުމަށް ސިޓީން ފަސް ކުޅުންތެރިން ވިއްކާލަނީ

11 އޮގަސްޓު 2025 - 07:37 0


ގަވާއިދުގެ ތެރެއަށް ފެތުމަށް ސިޓީން ފަސް ކުޅުންތެރިން ވިއްކާލަނީ

11 އޮގަސްޓު 2025 - 07:37 0

މެންޗެސްޓާ (އޮގަސްޓް 11) - އިނގިރޭސި ޕްރިމިއާ ލީގާއި ޔުއެފާގެ މުބާރާތްތަކުގެ ގަވާއިދުގެ ތެރެއަށް ފެތުމަށްޓަކައި، މެންޗެސްޓާ ސިޓީން ފަސް ކުޅުންތެރިން ވިއްކާލަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސިޓީން މިދިޔަ ސީޒަނުގައި އެއްވެސް މުބާރާތެއް ކާމިޔާބުކުރެވިފައިނުވި ނަމަވެސް އެ ޓީމުން ވަނީ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ގަންނަން، 200 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ހަރަދުކޮށްފަ އެވެ. އެކަމަކު، ސިޓީން ދޫކޮށްލި ކުޅުންތެރިންގެ ބަދަލުގައި، ދެ ބައި ކުޅަ އެއްބައި ވެސް އާމްދަނީ ހޯދިފައިނުވާއިރު، ޔުއެފާ އާއި ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކުގެ މިންގަނޑު ތެރެއަށް ފެތުމަށް ސިޓީން އަވަހަށް ނިންމުންތަކެއް ނިންމަން ޖެހެ އެވެ.

އެ ގޮތުން، ސިޓީން ނިންމާފައިވަނީ، ގަވާއިދުގެ ތެރެއަށް އައުމަށްޓަކައި، ފަސް ކުޅުންތެރިއަކު ވިއްކާލުމަށެވެ. ސިޓީން ވިއްކާލާ ލިސްޓަށް ލާފައިވަނީ، ޖެކް ގްރީލިޝް، ސްޓެފަން އޯޓެގާ، ޖޭމްސް މެކްއަޓީ، ކަލްވިން ފިލިޕްސް އަދި ވިޓޯ ރެއިސް އެވެ. މީގެ ތެރެއިން، ވިޓޯ ރެއިސް ވަނީ، ސިޓީގެ ގްރޫޕުން ހިންގަމުން އަންނަ ޖިރޯނާ އަށް ދޫކޮށްލައިފަ އެވެ.

ގްރީލިޝް އެވަޓަން އަށް ވިއްކާލުމުގެ ވާހަކަތައް ދެކެވޭއިރު، މެކްއަޓީ، ޓޮޓެންހަމް އަށް ވިއްކާލުމުގެ މަޝްވަރާތައް ވެސް ވަނީ ފަށައިފަ އެެވެ. އޯޓެގާ އަށް ޖަރުމަނާއި އިޓަލީގެ ކްލަބްތަކުގެ ހުށަހެޅުންތަކެއް ލިބިފައިވާއިރު، ފިލިޕްސް އަށް ވެސް ޕްރިމިއާ ލީގުގެ ކްލަބްތަކުގެ އޮފާތަކެއް ލިބިފައިވެ އެވެ.

ސިޓީގެ ލިސްޓު އޭގައި ވެސް މި ވަގުތު، 32 ކުޅުންތެރިން ތިބިއިރު، ގަވާއިދު ބުނާގޮތުން، 25 އަށް އެ އަދަދު ކުޑަކުރަން ޖެހެ އެވެ. ސިޓީން އަންނަނީ، ސެޕްޓެމްބަރު އެއް ވަނަ ދުވަހުގެ ކުރިން ސްކޮޑަށް ބަދަލު ގެނެސް، ޕްރިމިއާ ލީގާއި ޔުއެފާގެ ގަވާއިދުގެ ތެރެއަށް އައުމަށް ލިބިފައިވާ މުއްދަތުގެ ބޭނުން އަވަހަށް ކުރުމަށް ޓްރާންސްފާ މާކެޓްގައި އަވަސް ނިންމުންތަކެއް ނިންމަމުންނެވެ.