Advertisement

ފަލަސްތީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި ކުރި މުޒާހަރާއެއްގައި ބައިވެރިވި 466 މީހުން ހައްޔަރުކޮށްފި

10 އޮގަސްޓު 2025 - 14:59 0


ފަލަސްތީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި ކުރި މުޒާހަރާއެއްގައި ބައިވެރިވި 466 މީހުން ހައްޔަރުކޮށްފި

10 އޮގަސްޓު 2025 - 14:59 0

ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރާ "ޕަލެސްޓައިން އެކްޝަން ގްރޫޕް" ޖަމިއްޔާއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އިނގިރޭސި ސަރުކާރުން ކަނޑައެޅުމާ ގުޅިގެން ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި 466 މީހުން ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހުންނަކި ފުލުހުންނަށް ހަމަލާ ދިނުމުން ހައްޔަރުކުރި މީހުން ކަމަށް ލަންޑަންގެ ފުލުހުން ބުނެފައި ވެ އެވެ. މިއީ ލަންޑަނުގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން އެއްފަހަރާ މިހާ ގިނަ މީހުން ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.

ޓެރަރިޒަމް ގާނޫނުގެ ދަށުން އެ ޖަމިއްޔާ އިނގިރޭސި ސަރުކާރުން ބޭންކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެއީ އަސްކަރީ މަރުކަޒަކަށް ވަދެ ގެއްލުން ދިން ކަމަށް ބުނެ އެވެ. އެ ޖަމިއްޔާގެ މެންބަރަކަށް ވެއްޖެނަމަ 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ހަޅުތާލުކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށް ފާޑުކިޔާ މީހުން ދަނީ ބުނަމުންނެވެ.

އެ މައްސަލަ އިނގިރޭސި ހައި ކޯޓުން ރިވިއު ކުރާނެ ކަމަށް ބެލެވެ އެވެ.