10 އޮގަސްޓު 2025 - 11:34 1
ލީވާން އަލީ ނާސިރު
ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމަށް ބުނެ ބޭއްވި މުޒާހަރާ: ފުލުހުން މިއަދާ ހަމައަށް ވެސް ބުނަމުން އަންނަނީ ޒަކިއްޔާ އަމިއްލައަށް މަރުވީ ކަމަށް -- ފޮޓޯ: އަރީޝާ / ފޭސްބުކް
10 އޮގަސްޓު 2025 - 11:34 1
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10، ގައި ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު އެ ރަށު މާރަނގަ، ޒަކިއްޔާ މޫސާ، 50 ގެ މަރުގެ ތަހުގީގުގައި އިހުމާލުވި ހަ ފުލުހަކަށް ދައުވާ ކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބަލަން ޖެހޭ ކަންކަން ބަލަން ފަށައިފި އެވެ.
ޒަކިއްޔާގެ މަރުގެ ތަހުގީގައި ފުލުހުން އިހުމާލުވެފައި ކަމަށް ތުހުމަތުތައް އަމާޒުވުމުން އެ މައްސަލަ އަމިއްލައަށް އިސް ނަގައިގެން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގު ކުރުމަށްފަހު ހަ ފުލުހަކަށް ދައުވާ ކުރުމަށް ޕީޖީއަށް ހުށަހެޅީ އެ ކޮމިޝަނުންނެވެ.
އެންއައިސީން ވަނީ ޒަކިއްޔާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމާއި ހަމައިން ފުލުހުން މައްސަލައިގައި ސީންއަށް އެޓެންޑްވެ، މައްސަލަ ތަހުގީގު ކުރުމުގައި އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލާފަ އެވެ.
ޕީޖީގެ ތަރުޖަމާން އަހުމަދު ޝަފީއު އަދަދު އަށް ވިދާޅުވީ ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ހޯދުންތައް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅޭގޮތުން ވީއެންމެ އަވަހަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
މައްސަލައިގެ ބާވަތަށް ބަލާއިރު ސީރިއަސްކޮށް އިހުމާލުވި މައްސަލަ ބަލާނެ ކަމަށާއި ދައުވާ ކުރުމަށް ވެސް ވިސްނަމުންދާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
"ފައިންޑިންގްސް އެބައިން ހުށަހަޅާފައި. ދައުވާ ކުރުމާ މެދު ގޮތެއް ނިންމަނީ. ވީއެންމެ އަވަހަކަށް. މައްސަލައިގެ ބާވަތަށް ބަލާއިރު ސީރިއަސްކޮށް ބަލާނެ. ދައުވާ ކުރުމާ ސީރިއަސްކޮށް އެބަ ވިސްނަން. ހަ ފުލުހަކަށް އެބަ ތުހުމަތު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އެންއައިސީން ފުލުސް އޮފިސަރުންނަށް ކުރާ ތުހުމަތުތަކަކީ:
ޒަކިއްޔާގެ މަރުގެ މައްސަލައިގައި މިނިވަން އިންކުއަރީއެއް ހަދަން އޭނާގެ އާއިލާއިން ވަނީ ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައިފަ އެވެ. އެ މައްސަލައިގައި ފުލުހުން ދައްކަނީ ބުއްދިއަށް ގަބޫލު ނުކުރެވޭ ވާހަކަތަކެއް ކަމަށް އާއިލާއިން ބުނެ އެވެ.
ޒަކިއްޔާ އޭނާ ދިރިއުޅެމުން އައި ގޭގައި މަރުވެފައި އޮއްވާ ފެނުނީ ކަރުގައި ފުން ޒަހަމްތަކާ އެކުގަ އެވެ. އޭގެ ތެރޭގައި 10 ސެންޓިމީޓަރާއި ނުވަ ސެންޓިމީޓަރާއި ހަތް ސެންޓިމީޓަރާއި ފަސް ސެންޓިމީޓަރުގެ ޒަހަމް ހުއްޓެވެ. ފުލުހުން ބުނީ އެއީ ޒަކިއްޔާ އަމިއްލައަކަށް ވަޅިއަކުން ކަރަށް ދިން ހަމަލާތަކެއްގެ ސަބަބުން ލިބުނު ޒަހަމްތަކެއް ކަަމަށެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތައް ހުރި ނަމަވެސް އޭނާގެ އޮޓޮޕްސީއެއް ހަދާފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ފަހުން ވިދާޅުވީ ޒަކިއްޔާގެ އޮޓޮޕްސީ ނަހަދަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ތަހުގީގު ރިޕޯޓާއި އިނގިރޭސިވިލާތުގައި ތަހުގީގުކުރާ ކޯސްތަކުގެ ކިޔަވަދޭ މީހުންގެ ރިޕޯޓުގެ އިތުރުން އިންޑިއާގެ ތަޖުރިބާކާރުން ކުރި ތަހުގީގުގެ ރިޕޯޓުން ވެސް ދައްކާ ގޮތުގައި ޒަކިއްޔާ މަރުވީ އަމިއްލައަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment