10 އޮގަސްޓު 2025 - 06:49 2
ލީވާން އަލީ ނާސިރު
ދުއްވަމުން ދިޔަ ސައިކަލެއް ފުލުހުން ހުއްޓުވައި ސުވާލު ކުރަނީ -- ފޮޓޯ: އަދަދު
10 އޮގަސްޓު 2025 - 06:49 2
ރޭ ހުޅުމާލޭގައި ފުލުހުންނަށް އަތުނުވާން ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއްގައި ތިބި ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރީ ކާރު ދުއްވި ފިރިހެން މީހާ އާއި ކާރުގައި އިން އަންހެން މީހާ އެވެ.
ބާރު ސްޕީޑުގައި ދުއްވި އެ ކާރު މާޑުކުރަން އެންގުމުން މަޑުނުކޮށް ހުޅުމާލޭ ފޭސް 1 އަދި 2 ގެ އެކި މަގުތަކުގައި ދުއްވި ކަމަށާއި، އެ ކާރުން ފުލުހުންގެ ސައިކަލެއްގައި ޖައްސައި ވައްޓައިލި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ވައްޓައިލި އެ ސައިކަލްގައި ތިބި ދެ ފުލުހުންނަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ 1700 އަށް ވުރެ ގިނަ މަގުމަތީގެ އެކްސިޑެންޓުތައް ހިނގާފައިވެ އެވެ.
Comment