Advertisement

މިރުފަތު، އެސްޕަޔާ ފުޓްބޯލް އެކަޑަމީއާ ގުޅިއްޖެ

9 އޮގަސްޓު 2025 - 13:15 0

އެސްޕަޔާގެ ޓްރެއިނިންގެ ތެރެއިން މިރުފަތު.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް


މިރުފަތު، އެސްޕަޔާ ފުޓްބޯލް އެކަޑަމީއާ ގުޅިއްޖެ

9 އޮގަސްޓު 2025 - 13:15 0

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، އަދި ކޯޗިންގައި މަސައްކަތް ކުރަމުން އަންނަ، މަރިޔަމް މިރުފަތު، އެސްޕަޔާ ފުޓްބޯލް އެކަޑަމީގެ ކޯޗިން ޓީމާ ގުޅިއްޖެ އެވެ.

ގައުމީ ލެވަލްގެ ފެންވަރު ރަނގަޅު ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ ވިސްނުމުގައި، އެސްޕަޔާ ފުޓްބޯލް އެކަޑަމީ ލޯންޗްކުރީ 2023 ވަަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

ކްލަބެއްގެ ދަށުން އެކަޑަމީގެ މަސައްކަތް ކުރުމަށްޓަކައި، އެސްޕަޔާ އިން ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ޔޫތު ޓީމު ކަމަށްވާ، ކްލަބް އީގަލްސްއާ ގުޅިފަ އެވެ. އަދި، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހަށް ބަލާއިރު، އެސްޕަޔާ އިން ވަނީ ރަނގަޅު މޮޑެލެއްގެ ދަށުން ކުރިއެރުންތަކެއް ހޯދައިފަ އެވެ.

އަދި، ރާއްޖޭގައި ބާއްވާ ޔޫތު ފުޓްބޯޅައިގެ ހުރިހާ މުބާރާތެއްގައި ކަހަލަ ގޮތަކަށް ބައިވެރިވަމުން އަންނައިރު، މެލޭޝިއާގެ މެކްސިމް އިވެންޓްސް އިން ބޭއްވި މުބާރާތެއްގައި ވެސް ވަނީ ވާދަކޮށްފަ އެވެ.

އެސްޕަޔާގެ ޓްރެއިނިނެއްގެ ތެރެއިން މިރުފަތު.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް


އެސްޕަޔާ އިން ބުނެފައިވަނީ، މިރުފަތު، އެ އެކަޑަމީގެ ކޯޗިން ޓީމާ ގުޅުމަކީ ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ.

"އަދަދު ސްޕޯޓްސް"އާ ވާހަކަ ދައްކަމުން، މިރުފަތު ބުނީ، އެސްޕަޔާއާ އެކު، އެކަޑަމީގެ ޕްރޮޖެކްޓަކަށް މި ގުޅުނީ، ފުޓްބޯޅައިގެ ތެރެއިން ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ އުންމީދުގައި ކަމަށެވެ. އަދި، އަންހެން ފުޓްބޯޅަ ކުޅުންތެރިން ގްރާސްރޫޓު ލެވަލްގައި ޓްރެއިން ކުރުމުގެ ފުރުސަތު އެސްޕަޔާ މެދުވެރިކޮށް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި އޭގެ ތެރެއިން އަންހެން ފުޓްބޯޅައިން ކުރިއަށްދާން ތިބި ކުޅުންތެރިންނަށް ވެސް އެހީތެރިވެދެވޭނެ ކަމަށް މިރުފަތު ވަނީ ބުނެފަ އެވެ.

ގައުމީ ޓީމަށް 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކުޅެ، ޓީމުގެ ކެޕްޓަންކަމާއި ވައިސް ކެޕްޓަންގެ ޒިންމާ އަދާކުރި މިރުފަތު، ރިޓަޔާކުރީ 2017 ވަނަ އަހަރު އެވެ. ރިޓަޔާކުރުމަށް ފަހު، މިރުފަތު އަންނަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗިން ސްޓާފެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ.