Advertisement

ޓާފް ދަނޑު ސާފުކުރުމުގެ ހަރަކާތް: ނަމޫނާ އިވެންޓެއް

23 ފެބުރުވަރީ 2025 - 12:16 1


ޓާފް ދަނޑު ސާފުކުރުމުގެ ހަރަކާތް: ނަމޫނާ އިވެންޓެއް

23 ފެބުރުވަރީ 2025 - 12:16 1

އެސްޕަޔާ ފުޓްބޯލް އެކަޑަމީ އާއި މޯލްޑިވްސް ސޮކަ މޭޓްސް އެކަޑަމީ ގުޅިގެން މާލޭގެ ޓާފް ދަނޑުތައް ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި އެވެ.

މި ހަރަކާތުގައި އެސްޕަޔާ ފުޓްބޯލް އެކަޑަމީ އާއި އެމްއެސް މޭޓްސް އެކަޑަމީގެ ކުޅުންތެރިންނާ ބެލެނިވެރިން ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން މާލޭގެ ބަޔެއް އެކަޑަމީތަކުގެ ކޯޗުންވެސް ވަނީ ބައިވެރިވެފަ އެވެ.

މި ހަރަކާތައް ފަހު ވާހަކަ ދައްކަމުން އެސްޕަޔާގެ ކޯޗު ފައްރާހް އަހުމަދު (ފައްރަ) ބުނީ ޓާފް ދަނޑަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިންނާ, އެކަޑަމީތަކުގެ ކުޅުންތެރިން ކޮންމެ ދުވަހަކުވެސް ބޭނުން ކުރަމުން އަންނަ ދަނޑެއް ކަމަށެވެ.

އެހެންވެ, ދަނޑު ސާފުތާހިރުކޮށް ބޭއްވުން އެއީ އެންމެންގެ ވެސް ޒިންމާ އެއް ކަމަށެވެ. އަދި މިހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނު ކަމަށް ގައުމީ ޓީމަށާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ ފައްރަ ވަނީ ބުނެފަ އެވެ.


މީގެ އިތުރުން، އެމްއެސް މޭޓްސްގެ ފަރާތުން ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް އަބްދުލް (އަކޫ) ގަނީ ބުނީ, ޓާފް ދަނޑު ސާފުކުރުމަކީ އެންމެންގެ ވެސް ޒިންމާ އެއް ކަމަށް ދެކިގެން އެކަން ކުރިއަށް ގެންދިޔުން އެއީ މުހިންމު ކަމެއް ކަމަށެވެ.

އަދި، މިފަދަ އިވެންޓްތައް ކުރިއަށް އޮތްތަނުގައި ވެސް ބޭއްވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އަކޫ ބުނެފައިވެ އެވެ.

މީގެ އިތުރުން މި ހަރަކާތުގައި ބައިވެރިވި, ކޯޗުން ވަނީ ދަނޑުގެ ހާލަތު ދަށްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގޮތުން ދަނޑުގެ އެންމެން ބޭނުން ކުރަން ހުރީ އެންމެ ފާހާނަ އެއް ކަމަށް ކޯޗުން ފާހަގަކުރި އެވެ. އަދި، ޓާފް ދަނޑުގެ ޓާފް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި، އެކަން ރަނގަޅުވެގެންދާ ކަމަށް އުންމީދުކުރާ ކަމަށް ކޯޗުން ވަނީ ފާހަގަ ކޮށްފަ އެވެ.