Advertisement

ޕީއެންސީ ޕީޖީ އޮތީ އެކަތިގަނޑެއް ގޮތަށް، ރޫޅައެއް ނުލެވޭނެ: ފަލާހް

8 އޮގަސްޓު 2025 - 13:35 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވެލިދޫ ދާއިރާގެ މެންބަރު އައްބާސް (ކ) އަދި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް (ވ) --


ޕީއެންސީ ޕީޖީ އޮތީ އެކަތިގަނޑެއް ގޮތަށް، ރޫޅައެއް ނުލެވޭނެ: ފަލާހް

8 އޮގަސްޓު 2025 - 13:35 2

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) އޮތީ އެކަތިގަނޑެއް ގޮތުގައި ކަމަށާއި ރޫޅާނުލެވޭނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ 13 ނުވަތަ 14 މެންބަރަކު އެ ޕާޓީ ދޫކޮށްލާނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވުމުން، އެކަމަށް ރައްދު ދެއްވައި ފަލާހް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީ ރޫޅާލާނެ ކަމަށް ހީކޮށް ދޮގު ވާހަކަތަކެއް ފެތުރުމަކީ ކުށްހީއެއް ކަމަށެވެ.

"ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެކަމަށް ހީކޮށް މިފަދަ ބުހުތާން ދޮގު ވާހަކަ ފެތުރުމަކީ ވަރަށްބޮޑުކުށްހީއެއް،" އޭނާ ވިދާޅުވި އެވެ.

ފަލާހް ވިދާޅުވީ ކިތަންމެ ނުބައި ޕްލޭންތަކެއް ހެދި ނަމަވެސް، ޕީއެންސީގެ ޕީޖީ ގްރޫޕް އޮތީ ރައީސް މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ސާބިތުކަމާ އެކީގައި ކަމަށެވެ.

"ޕީއެންސީ ޕީޖީ ގްރޫޕް އޮތީ އެކަތިގަނޑެއް ގޮތަށް ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކޮށް. ކިތަންމެ ނުބައި ޕްލޭންތަކެއް ރާވާ މިފަދަ މޮޔައިންލައްވާ މިފަދަ މެސެޖު ކުރުވިއަސް އިންޝާ ﷲ ކާމިޔާބެއްނުވާނެ،" އޭނާ ވިދާޅުވި އެވެ.

ފަލާހް ވިދާޅުވީ ފިތުނަ ފަތުރައި ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވަނީ ދާދި ފަހުން އައްބާހަށް ތިން މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފެތުރޭ ވާހަކައަށް މިހާރު ބާރު ލިބޭ ކަމަށެވެ.

މީގެއިތުރުން ގާނޫނު އަސާސީގެ 73 މާއްދާގެ (ހ) ގައި ބުނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުންނަން ޖެހޭ ބުއްދި ސަލާމަތުން ހުންނަންޖެހޭ ކަމަށްބުނާ އެއްމެމުހިއްމު ޝަރުތު، އައްބާސްގެ ކިބައިގައި ހުރިކަމާމެދު މިހާރު ޝައްކުވާ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިތުނަވެރި ނުބައި ވާހަކަތައް ފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއް ކަމުގައި ދެކުމަކީ ވަރައްބޮޑު ކުށްހީއެއް ކަމަށާއި އޭގެން އަންގައިދެނީ ތިމާއަކީ އެއްވެސް އަހްލާގެއް ނެތް ބުއްދިގޯސް މޮޔައެއް ކަމަށެވެ.

އެކްސްގައި އައްބާސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުދަ ދުވަހު ބޭއްވި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާ މެދު މެންބަރުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމުގެ އޯޑިއޯ ރެކޯޑިން އޮތް ކަމަށް އެހެން ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވެ އެވެ.

"ދާއިރާ ތަކުގެ ތަރައްގީ އެއްވެސް މިންވަރަކަށް ނުހިނގާ ކަމާއި މޮޅެތި ބަސްތައް ވިދާޅުވުމާއި ޕްރޮޖެކްޓުތައް އިއުލާން ކުރެއްވުމާއި ބިންގާ އެޅުން ނޫން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ރުޅިގަދަވެ މާޔޫސްވެފައި ތިބިކަމަށް މެންބަރުން ޕީޖީ ގްރޫޕް ބައްދަލުވުމުގައި ވިދާޅުވި،" އައްބާސް ލިޔުއްވާފައިވެ އެވެ.

އެ ބައްދަލުވުމުގައި އެންމެބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި މެންބަރަކީ، އައްބާސް ވިދާޅުވި ގޮތުގައި ފުވައްމުލަކު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ހުސައިން އެވެ. އޭގެ އިތުރުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކުގެ އުދާސްތައް ވެސް ބަންޑުންކޮށްލި ކަމަށް ބުނެ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން 75 މެންބަރުންނަކީ ޕީއެންސީ އެވެ.