8 އޮގަސްޓު 2025 - 10:27 1
ލީވާން އަލީ ނާސިރު
8 އޮގަސްޓު 2025 - 10:27 1
ވިޔަފާރި ކުރުމަށާއި މުވައްޒަފުން ނެގުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން ކައުންސިލަށް ލިބޭ ބާރު ހަނިކޮށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ފާސްކުރި ބިލު ތަސްދީގު ކުރައްވައިފި ނަމަ، އަހަރެއްގެ މައްޗަށް ހަތަރު މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބޭނެ ކުޅުދުއްފުށި ސިޓީ ކައުންސިލަށް ލިބޭނެ ކަމަށް އެ ރަށުގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާތިފް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލުގެ ސަބަބުން އެ ކައުންސިލަށް ޖުމުލަ 3،994،951.20ރ. ގެ ގެއްލުމެއް ލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އަސާސީ ހިދުމަތް ދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އެކި ކުންފުނިތަކާއެކީ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުން ހެދުމުގެ މަރުހަލާގައި ހުރުމުން އަންނަ އަހަރަށް ކައުންސިލަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ވެސް ނުލިބި ގެއްލުން ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން އަންނަ އަހަރަށްވެސް ލަފާކުރާ އާމްދަނީގެ ތެރެއިން ދެންމެ މިދެންނެވި އާމްދަނީގެ އިތުރަށް ވެސް ބޮޑު ގެއްލުމެއް ވެގެންދާނެ ކަމަށް އަޅުގަނޑު ހަމަ ފާހަގަކޮށްލަން،" އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށަކީ ލޯކަލް އޮތޯރިޓީ މެދުވެރިކޮށް މަސައްކަތްތައް ކުރުމުގެ އިތުރުން ވިޔަފާރި ކުރާ ބަޔަކަށް ވާއިރު ކޮށްފައިވާ އިންވެސްޓްތައް ވެސް ފެނަށް ދިޔުމުގެ އިތުރުން ކައުންސިލްތަކަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް އިސްލާހުގެ ސަބަބުން ލިބޭނެ ކަމަށެވެ.
"އިންވެސްޓްމަންޓް އެއްކޮށް ފެނަށް ދާ ކަހަލަ އިސްލާހެއް ލާފައި މިއޮތީ ކައުންސިލްތަކަށް އިޔާދަނުކުރެވޭނެ، ފޫނުބެއްދޭނެ ވަރުގެ ގެއްލުންތަކެއް މި އިސްލާހުގެ ސަބަބުން އަންނާނެ،" އޭނާ ވިދާޅުވި އެވެ.
ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތައް
ތަންތަން ކުއްޔަށް ދިނުމަށް އެޅި ހުރަސްތައް
މާލީ ކަންކަމަށް ނުފޫޒު ފޯރުވުން
ކައުންސިލުގެ މަސައްކަތަށް ހުރަސް އެޅުން
ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައި އޮއްވައި ސަރުކާރުން ހުށަހެޅި އެ ބިލް އޮގަސްޓު 6، 2025 ގައި މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އަދި ތަސްދީގެއް ނުކުރައްވަ އެވެ.
Comment