Advertisement

ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި ދިވެއްސަކު މަރުވެއްޖެ

7 އޮގަސްޓު 2025 - 11:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި ދިވެއްސަކު މަރުވެއްޖެ

7 އޮގަސްޓު 2025 - 11:21 0

ހދ. ކުމުންދޫ ކައިރިން ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި އޭގެއިން ދަތުރުކުރި ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 8:55 ހާއިރު ރިޕޯޓް ލިބުނު އެ ހާދިސާގައި ސަޕްލައި ދޯނިން ދަތުރުކުރި ހަތަރު މީހުން ސަލާމަތްކޮށް، އޭގެ ތެރެއިން ދިވެހި މީހާގެ ހާލު ދެރަވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނު 10:30 ހާއިރު މަރުވެފައިވާ ކަމަށެވެ.

ފަރުވާ ދެމުން ދަނިކޮށް މަރުވީ 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ހދ. ކުޅުދުއްފުށިން ށ. ފުނަދޫއަށް ދަތުރުކުރި އެ ސަޕްލައި ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.

ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރޭ ކ. ޒަމާނީ އައިލެންޑް ކައިރިން ދަތުރުކުރި 17 މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު ވެސް ފުލުހުން ވަނީ ސަލާމަތްކޮށްފަ އެވެ. އެއީ ހުސް ބިދޭސީން ދަތުރުކުރި ޑިންގީއެކެވެ.