Advertisement

ގެދޮރުވެރިޔާ ސްކީމްގެ ނަމުގައި ސްކޭމް މެސެޖެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

7 އޮގަސްޓު 2025 - 11:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ގެދޮރުވެރިޔާ ސްކީމްގެ ނަމުގައި ސްކޭމް މެސެޖެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

7 އޮގަސްޓު 2025 - 11:41 0

ގެދޮރުވެރިޔާ ސްކީމްގެ ނަމުގައި ސްކޭމް މެސެޖެއް ފޮނުވާތީ ސަމާލުވާން ފުލުހުން މިއަދު އެދިއްޖެ އެވެ.

ފުލުހުން ބުނީ އެ މެސެޖު ފޮނުވަމުންދަނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލެވޭގޮތައް ހުލުވާލާފައިވާ ކަމަށް ބުނެ ކަމަށެވެ.

އެޗްޑީސީގެ ނަމުގައި ފޮނުވާ އެ މެސެޖުގައި ވެބްސައިޓުން އައު ފޯމު ލިބެން ހުންނާނެ ކަމަށް ބުނެ ސްކޭމް ލިންކެއް ވަނީ ހިމަނާފައި ކަމަށް ފުލުހުން ބުންޏެވެ.

"ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާތިލުކޮށް އަލުން ފޯމް ލުމުގެ ފުރުސަތު އެޗްޑިސީން ރައްޖޭގެ ހުރިހާ ރައްޔިތުންނަށް ެލެވޭ ގޮތަށް ހުޅުވާލާފައިވާ ކަމަށާއި ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ލިންކަކާއެކު ދައުރުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން،" ފުލުހުން ބުންޏެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހައުސިން މިނިސްޓްރީން ފޮނުވާ ލިސްޓެއްގެ ދަށުން ފްލެޓްތަކުގެ އެއްބަސްވުން ހަދަނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިންނެވެ.

އެކަމަކު ރައްޔިތުންނަށް އޮޅޭ ގޮތަށް ސްކޭމް މެސެޖުތައް ފޮނުވަމުންދަނީ އެޗްޑީސީގެ ނަމުގަ އެވެ.