7 އޮގަސްޓު 2025 - 00:06 1
ލީވާން އަލީ ނާސިރު
7 އޮގަސްޓު 2025 - 00:06 1
ވިޔަފާރި ކުރުމަށާއި މުވައްޒަފުން ނެގުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން ކައުންސިލަށް ލިބޭ ބާރު ހަނިކޮށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު ތަސްދީގު ނުކުރަން ރައީސް މުހައްމަދު މުއިއްޒަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ގޮވައިލައްވައިފި އެވެ.
އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ ކައުންސިލްތަކުގެ ބާރުތައް ހަނިވާ ގޮތަށް ފާސްކޮށްފައިވާ ބިލު ގައުމުގެ ހައްގުގައި ތަސްދީގު ނުކުރައްވަން ގޮވާލާ ކަމަށެވެ. އެކަމާމެދު ރަނގަޅަށް ވިސްނަވައި ކައުންސިލްތަކުގެ ބާރުތައް ނުހިފެއްޓުމަށް ވެސް ފައްޔާޒް އެދިވަޑައިގެންނެވި އެވެ.
"މިރޭ އަޅުގަނޑު ހަމަ މި ގައުމަށްޓަކައި ރައީސް މުއިއްޒުއަށް އަޅުގަނޑު ގޮވާލަން ތަސްދީގު ނުކުރައްވާށޭ އަދި ވިސްނަވާށޭ ތިކަން ހުއްޓާލައްވާށޭ،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ، ބިލާ މެދު 56 ކައުންސިލަކުން ކަންބޮޑުވުން ފާޅުކޮށްފައި އޮތް ދަނޑިވަޅެއްގައި އަވަސް އަރުވާލައިގެން ދެ ދުވަހެއްގެ ތެރޭގައި ޕީއެންސީގެ މެޖޯރިޓީ ބޭނުންކޮށްގެން އެ ބިލު ފާސްކުރީ ސީދާ މުއިއްޒުގެ އިރުޝާދަށް ކަމަށާއި އެ ބިލު ތަސްދީގު ކުރައްވާނެކަން ވެސް އެނގޭ ކަމަށެވެ.
"56 ކައުންސިލުން މިހާރު ވެސް ކަންބޮޑުވުން ފާޅުކޮށްފައި އޮއްވައި އެއްވެސް ބެލުމެއް ނެތި ދެ ދުވަސް ތެރޭގައި އާންމުކޮށް އެބޭފުޅުން އެކަން ކުރައްވާ ބީދައިން މިއަދު އެ ފާސްއެކޮށްލީ ރައްޔިތުންގެ މަޖިލީހުން،" ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމާއި އިރުޝާދުގެ މަތިންކަން މަޖިލިސްގައި އެކަން ވެގެން އެދިޔައީ އެހާ ބާރު ސްޕީޑުގައި. އަދި ގެޒެޓް ވެސް ކުރައްވާނެ ކަންނޭގޭ." ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ވެރިކަމެއްގައި ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހު ބަދަލުކޮށް ކުރިން އޮތް ގޮތަށް އިއާދަ ކުރުމާއެކު އިހުނަށްވުރެ ބޮޑެތި ބާރުތައް ކައުންސިލްތަކަށް އެމްޑީޕީން ދޭނެ ކަމަށެވެ.
ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތައް
ތަންތަން ކުއްޔަށް ދިނުމަށް އެޅި ހުރަސްތައް
މާލީ ކަންކަމަށް ނުފޫޒު ފޯރުވުން
ކައުންސިލުގެ މަސައްކަތަށް ހުރަސް އެޅުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment