7 އޮގަސްޓު 2025 - 08:24 2
ލީވާން އަލީ ނާސިރު
މޫސަގެ ހަށިގަނޑު އައިޖީއެމްއެޗުގައި: އޭނާގެ ހަށިގަނޑު އޮޓޮޕްސީ ހަދަން އިންޑިއާއަށް ވަނީ ފޮނުވާފައި -- ފޮޓޯ: އާއިލާ
7 އޮގަސްޓު 2025 - 08:24 2
ލ. މާވަށުގައި ޖުލައި 28، ގައި ހިންގި މާރާމާރީގައި ވަޅިން ހަމަލާ ދީ މަރާލި މޫސާ އިބްރާހިމް، 29، ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިއްޔެ ރާއްޖެއިން ބޭރަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ މޫސަގެ މަރުގެ ތަހުގީގަށް ބޭނުންވާ އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް އިންޑިއާ އަށް ފޮނުވާފައިވާ ކަމަށެވެ.
މޫސަގެ ހަށިގަނޑު އާއިލާއާ ހަވާލު ނުކޮށް އޮޓޮޕްސީ ހަދަން ފުލުހުން އުޅޭތީ އެ އާއިލާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އާއިލާއިން އަދަދު އާ ވާހަކަ ދައްކަމުން ބުނީ މޫސަގެ ހަށިގަނޑު ބޭރަށް ފޮނުވައިގެން އޮޓޮޕްސީ ހަދަނީ އާއިލާގެ އެދުމާ ދެކޮޅަށް ކަމަށެވެ.
އާއިލާގެ ކަންބޮޑުވުމަކަށްވީ މޫސަގެ އޮޓޮޕްސީ ހެދުމަށް ބޭރަށް ފޮނުވަން އޮތް ދުވަސް ލަސްވުމުންނާއި، ހަށިގަނޑު އެއްތަނުން އަނެއް ތަނަށް ގެންދާތީ އެވެ.
މޫސާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ހދ. ނޮޅިވަރަމް، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، އެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މޫސާއަށް ދިން ހަމަލާ އަމާޒުވީ އޭނާގެ ކަރަށް ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. އޭނާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި އެއްލާލާފައި އޮތީ އެރަށުގެ މޫދަށެވެ. އެ ވަޅި ފުލުހުން ވަނީ ހޯދާފަ އެވެ.
--
އަޕްޑޭޓުތަކާއި ބްރޭކިން ނިއުސްތަކަށް އަދަދު ނޫހުގެ ޓެލެގްރާމް އެކައުންޓު ފޮލޯކުރާށެވެ.
Comment