Advertisement

ރަޝިއާއިން ތެޔޮ ގަންނާތީ އެމެރިކާއިން އިންޑިއާ އަށް އިތުރަށް ދަތިކޮށްފި

7 އޮގަސްޓު 2025 - 06:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ) -- ފޮޓޯ: ވައިޓް ހައުސް


ރަޝިއާއިން ތެޔޮ ގަންނާތީ އެމެރިކާއިން އިންޑިއާ އަށް އިތުރަށް ދަތިކޮށްފި

7 އޮގަސްޓު 2025 - 06:35 0

ރަޝިއާއިން ތެޔޮ ގަންނާތީ އިންޑިއާއަށް ފިޔަވަޅު އެޅުމުގެ ގޮތުން އެ ގައުމުން އެމެރިކާއަށް އެތެރެކުރާ މުދަލުން ދައްކަން ޖެހޭ ޓެރިފް 50 ޕަސަންޓަށް އިއްޔެ ބޮޑުކޮށްފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އެގްޒެކެޓިވް އޯޑަރެއްގައި ބުނީ އިންޑިއާ ސަރުކާރުން ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް ރަޝިއާއިން ތެޔޮ ގަންނަ ކަމަށެވެ.

އެމެރިކާ ސަރުކާރުން ހާމަކުރި ގޮތުގައި އިންޑިއާއަށް ދަތިކުރުމުގެ ގޮތުން އެ ގައުމުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ 25 ޕަސަންޓުގެ ޓެރިފް އިތުރު 25 ޕަސަންޓަށް ބޮޑުކޮށް، ޖުމްލަ 50 ޕަސަންޓުގެ ޓެރިފެއް ނަގަން މިހާރު ވަނީ ނިންމާފަ އެވެ.

އެމެރިކާއިން އިންޑިއާއަށް ބޮޑުކުރި 50 ޕަސަންޓުގެ ޓެރިފް ތަންފީޒުކުރަން ފަށާނީ 21 ދުވަސް ފަހުން ކަމަށް އެމެރިކާ ސަރުކާރުން ބުންޏެވެ.

އިންޑިއާއަކީ އެމެރިކާއާ ވިޔަފާރި ގޮތުން ވަރަށް ބަދަހި ގައުމެކެވެ. އެކަމަކު އެމެރިކާއިން އިންޑިއާއަށް ޓެރިފް ބޮޑުކުރުމާ ގުޅިގެން އެ ވިޔަފާރީގެ ގުޅުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އަސަރުކުރާނެ އެވެ.

--

އަޕްޑޭޓުތަކާއި ބްރޭކިން ނިއުސްތަކަށް އަދަދު ނޫހުގެ ޓެލެގްރާމް އެކައުންޓު ފޮލޯކުރާށެވެ.