6 އޮގަސްޓު 2025 - 12:13 0
ލީވާން އަލީ ނާސިރު
ހދ. ކުޅުދުއްފުށި
6 އޮގަސްޓު 2025 - 12:13 0
ކުޅުދުއްފުށި ސިޓީ ޒޯން ސްޓޭޑިއަމްގެ ފާހާނާ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ފަތިހު 5:00 ޖެހިއިރު ދުވަން ނިކުތް ހދ. ކުޅުދުއްފުށި، ޖިފުޑި، ހަސަން މޫސާ، 67، އެ ރަށު ޒޯން ސްޓޭޑިއަމްގެ ފާހާނާ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
ހަސަން މޫސާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޭނާ ކުޅުދުއްފުށި ޒޯން ސްޓޭޑިއަމް ފާހާނާ ތެރޭގައި ވެއްޓިފައި އޮއްވައި ފެނުމުން ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާކަން ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
Comment