Advertisement

ޔުނައިޓެޑުން ތިބީ ސެސްކޯ ލިބޭނެ ކަމުގެ ޔަގީންކަމާ އެކު

6 އޮގަސްޓު 2025 - 11:20 0


ޔުނައިޓެޑުން ތިބީ ސެސްކޯ ލިބޭނެ ކަމުގެ ޔަގީންކަމާ އެކު

6 އޮގަސްޓު 2025 - 11:20 0

މެންޗެސްޓާ (އޮގަސްޓް 6) - އާރްބީ ލައިޕްޒިގަށް ކުޅޭ ސްލޮވީނިއާގެ ފޯވާޑް، ބެންޖަމިން ސެސްކޯ، ދެން އިހުތިޔާރުކުރާނެ ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑް ކަމަށް އެ ޓީމުގެ މެނޭޖްމަންޓުން ޔަގީންކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ނިއުކާސަލް އިން ސެސްކޯ، 22، ގަންނަން ޖުމްލަ އެކު، 90 މިލިއަން ޑޮލަރު ހުށަހެޅިިއިރު، ލައިޕްޒިގުން މި އޮފާ ގަބޫލުކުރުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު، ސެސްކޯގެ ރުހުން ނުލިބި، ނިއުކާސަލަށް އަށް މި ޑީލް ނިންމެން ނެތެވެ. ޔުނައިޓެޑުން ސެސްކޯގެ ސޮއި ހޯދަން ކުރި ބިޑް ޖުމްލަ އެކު، އަރަނީ 85 މިލިއަން ޑޮލަރަށެވެ.

ޔުނައިޓެޑްގެ މެނޭޖްމަންޓުން ގަވާއިދުން ސެސްކޯއާ ބައްދަލުކުރަމުން އަންނައިރު، އެ ޑީލް އެ ޓީމު ކޮޅަށް ނިމޭނެކަމުގެ ޔަގީންކަން ޔުނައިޓެޑްގެ އޮފިޝަލުންނަށް އެބައޮތް ކަމަށް ވެސް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ކުރިން ރެޑްބުލް ސަލްޒްބާގަށް ކުޅުނު ސެސްކޯގެ ސޮއި ހޯދަން، މީގެ ކުރިން އަލް ހިލާލުން ވެސް މަސައްކަތްކުރި އެވެ. އެކަމަކު ސެސްކޯ ބޭނުންވަނީ، ޔޫރަޕްގައި ކެރިއަރު ކުރިއަށްގެންދިއުމަށް ކަމަށްވާތީވެ، ހިލާލްގެ ބޮޑު ކޮންޓްރެކްޓް ދޫކޮށްލީ އެވެ.

މީގެ ތިން އަހަރު ކުރިން، ސެސްކޯ، ލައިޕްޒިގަށް ބަދަލުވީ 25 މިލިއަން ޑޮލަރަށެެވެ. ލައިޕްޒިގަށް މިހާތަނަށް 87 މެޗުން 39 ގޯލު ޖަހައިދިން ސެސްކޯ އަންނަ ސީޒަނުގައި ކުޅޭނެ ކްލަބެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ނިމިގެންދާނެ އެވެ.