6 އޮގަސްޓު 2025 - 10:07 0
ލީވާން އަލީ ނާސިރު
6 އޮގަސްޓު 2025 - 10:07 0
ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާ، ވީބީ ބްރަދާސް އިން ޕްރިންގަލްސްގެ އައު ދެ ފްލޭވާއެއް ރާއްޖޭގެ މާކެޓަށް ނެރެފި އެވެ.
ވީބީން މާކެޓަށް އަލަށް ނެރުނީ ޕްރިންގަލްސްގެ ޑޭސީ މަސާލާ ތަޑްކާގެ 134 ދަޅާއި ޓެންގީ ޓޮމާޓޯ ޓްވިސްޓްގެ 102 ގްރާމްގެ ދަޅެވެ.
ޑޭސީ މަސާލާ ތަޑްކާއަކީ އިންޑިއާގެ ސްޕައިސްތަކުގެ ރަހަތައް އެކުލެވޭ ދެކުނު އޭޝިއާ މީހުންނަށް ކަމުދާ ގޮތަށް ތައްޔާރުކޮށްފައިވާ ފްލޭވާއެކެވެ. އެގޮތުން އެ ފްލޭވާއަކީ ދިވެހިންގެ ދޫތަކަށް ވެސް ހެޔޮވަރު ފްލޭވާއަކަށް ވެގެންދާނެ އެވެ.
ޓެންގީ ޓޮމާޓޯ ޓްވިސްޓް ފްލޭވާއަކީ ކްލެސިކް ޓޮމާޓޯ ޗިޕްސް ފްލޭވާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، ޓޮމާޓޯއާއެކު ސްޕައިސީ ސަލްސާ ހިމަނައިގެން ތައްޔާރު ކޮށްފައިވާ ފްލޭވާއެކެވެ.
މުޅި ދުނިޔޭގައި ވެސް މަގުބޫލް ޗިޕްސް މަރުކާއެއް ކަމުގައިވާ ޕްރިންގަލްސްގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީ ވީބީ ބްރަދާސް އެވެ.
ޕްރިންގަލްސްގެ އުފެއްދުންތައް ވީބީ މާޓުތަކުގެ އިތުރުން ރާއްޖޭގެ ގިނަ ފިހާރަތަކަކުން ލިބޭނެ އެވެ.
ވީބީ ބްރަދާސްގެ މާޓެއް މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ހުރެ އެވެ. މާލޭގައި ބާޒާރު ސަރަހައްދުގައި ވީބީ ހޯލްސޭލް ފިހާރައެއް ހުންނައިރު، ވީބީގެ ފިހާރަ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ތިނަދޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީގައި ވެސް ހުރެ އެވެ.
Comment