28 މޭ 2025 - 07:14 0
ލީވާން އަލީ ނާސިރު
28 މޭ 2025 - 07:14 0
ރާއްޖޭން ބޭރުގެ މަންޒިލެއްގައި ޗުއްޓީ ހޭދަ ކުރުމާއި، ހައްޖު ދަތުރެއް ލިބުމުގެ ފުރުސަތު އަދި ކޮންމެ ދުވަހަކު ފައިސާގެ އިނާމު ލިބޭ "ޕްރިންގަލްސް ސްކްރެޗް ސްކޭން އެންޑް ވިން ޕްރޮމޯޝަން" ވީބީ ބްރަދާސްއިން ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ.
މެއި 15 އިން އޯގަސްޓު 15 އަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ނަސީބު ވެރިޔަކަަށް 1،000ރ. ލިބޭނެ އެވެ.
ޕްރޮމޯޝަންގައި ބައިވެރިވާން ހަދަން ޖެހޭނެ ގޮތަކީ ޕްރިންގަލްސް ދަޅެއް ގަތުމަށް ފަހު، ދަޅުގައިވާ ކިޔޫއާރު ކޯޑު ކަހާލައި ސްކޭން ކުރުމަށް ފަހު، ފޯނު ނަންބަރު ޖަހުމެވެ. އެއޮތީ ޕްރޮމޯޝަންގައި ބައިވެރިވެވިފަ އެވެ.
މުޅި ދުނިޔޭގައި ވެސް މަގުބޫލް ޗިޕްސް މަރުކާއެއް ކަމުގައިވާ ޕްރިންގަލްސްގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާ، ވީބީ ބްރަދާސް އެވެ.
ޕްރިންގަލްސްގެ އުފެއްދުންތައް ވީބީ މާޓުތަކުގެ އިތުރުން ރާއްޖޭގެ ގިނަ ފިހާރަތަކަކުން ލިބޭނެ އެވެ.
ވީބީ ބްރަދާސްގެ ދެ މާޓު މާލޭގައި ހުރެ އެވެ. ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ އޯޝަން ފްރަންޓް ރެސިޑެންސްގެ ގްރައުންޑު ފްލޯގައި ވެސް ވީބީ މާޓު ހުރެ އެވެ.
ހޯލް ސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ވީބީގެ ހޯލްސޭލް އައުޓްލެޓް އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި އަދި ތިނަދޫން ވެސް މި އުފެއްދުމާއި ވީބީގެ އެހެން އުފެއްދުންތައް ވެސް ލިބޭނެ އެވެ. މާލޭގައި ވީބީގެ ހޯލްސޭލް ތިން އައުޓްލެޓް ހުރިއިރު، ހުޅުމާލޭގައި އެއް އައުޓްލެޓް އެބަ ހުއްޓެވެ.
Comment