Advertisement

75 މާކްސް ލިބުނު މީހުންގެ ފްލެޓްތައް ހަވާލުކުރާނީ ފަހުން: މިނިސްޓްރީ

4 އޮގަސްޓު 2025 - 17:44 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހައުސިން މިނިސްޓަރު މުއްތަލިބު: 75 މާކްސް ލިބުނު މީހުންގެ ފްލެޓްތައް ހަވާލުކުރާނީ ފަހުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައި -- ފޮޓޯ: ހައުސިން މިނިސްޓްރީ


75 މާކްސް ލިބުނު މީހުންގެ ފްލެޓްތައް ހަވާލުކުރާނީ ފަހުން: މިނިސްޓްރީ

4 އޮގަސްޓު 2025 - 17:44 1

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން 75 މާކްސް ލިބުނު މީހުންގެ ފްލެޓާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނީ ފަހުން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ތިން ކޮޓަރީގެ ފްލެޓްތައް ލިބޭނީ 76 މާކްސް ލިބޭ މީހުންނަށް ކަމަށް ކަނޑައަޅާފައިވާތީ، އެ އެންމެންނަށް ފްލެޓް ދިނުމަށްފަހު 75 މާކްސް ލިބުނު މީހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

"76 މާކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަކީ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށްވާތީ، އެ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައަޅައި އެ މަރުހަލާ ނިމުމުން، 75 މާކްސް ލިބުނު ފަރާތްތަކުގެ ފްލެޓާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ވާހަކަ ދަންނަވަން،" މިނިސްޓްރީން ބުންޏެވެ.

މިގޮތަށް ނިންމީ ގެދޮރުވެރިޔާ ސްކީމުން ފްލެޓްތައް ކަނޑައެޅުމަށް ނޮވެމްބަރު 16، 2023 ގައި ކުރިއަށްގެންދިޔަ ގުރު ނެގުމުގައި 7 އަށްވުރެ މަތިން މާކްސް ލިބި ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގާ ބަޔަކު ތިބި ކަމަށް ފާހަގަކުރެވިގެން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން 76 އަށްވުރެ މަތިން މާކްސް ލިބިފައިވާ ބައެއް މީހުންނަށް ފްލެޓް ކަނޑައަޅާފައި ނުވަނީސް، 75 އަށްވުރެ މަތިން މާކްސް ލިބުނު ބައެއް މީހުންނަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ މީހުންނަށް ފްލެޓް ކަނޑައަޅާފައިވާކަން ވެސް މިނިސްޓްރީން ފާހަގަކުރި އެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓް ލިބެނީ 76 މާކްސް އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށް ކަމަށްވާއިރު، އެއަށްފަހު ބާކީވާ ފްލެޓްތައް 75 މާކްސް ލިބިފައިވާ މީހުންގެ ތެރެއިން ގުރުއަތަކުން ހޮވޭ މީހުންނަށް ކަމަށް ނިންމާފައިވެ އެވެ.

މީގެއިތުރުން އެ މަޝްރޫއުގެ ދަށުން ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފްލެޓް ލިބޭނީ 73 މާކްސް އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށްކަން ވެސް ކަނޑައަޅާފައިވެ އެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑިސީ) އިން އަންނަނީ ކުރަމުންނެވެ. އެފްޑީސީން އެއްބަސްވުން ހަދަމުންދަނީ ހައުސިން މިނިސްޓްރީން ފޮނުވާ ލިސްޓަކަށް ރިއާޔަތް ކުރުމަށްފަހު އެވެ.

ހައުސިން މިނިސްޓްރީން އެފްޑީސީއަށް އެއްބަސްވުންތަކުގައި ސޮއިކުރަން ފޮނުވާ މީހުންގެ ލިސްޓެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ބައެއް މީހުން ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރަން ދިޔުމުން ރިވިއު ކުރަމުންދާ ކަމަށް ބުނެ ފޮނުވާލާފައިވެ އެވެ.