Advertisement

ލަބެރާ ބޮޑީބޯޑިން ޗެލެންޖުގައި ޖުމްލަ އެކު 20 އެތުލީޓުން

4 އޮގަސްޓު 2025 - 13:22 0

އަތޫފް އާތިފް

އަތޫފް އާތިފް


ލަބެރާ ބޮޑީބޯޑިން ޗެލެންޖުގައި ޖުމްލަ އެކު 20 އެތުލީޓުން

4 އޮގަސްޓު 2025 - 13:22 0

ގައުމީ ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތް ލަބެރާ ބޮޑީބޯޑިން ޗެލެންޖުގައި 20 އެތުލީޓުން ބައިވެރިވެއްޖެ އެވެ.

އެމްބީބީއޭ އިން މި އަހަރު ލީގުގެ ދެ ވަނަ މުބާރާތެއްގެ ގޮތުގައި ކުރިން ބާއްވަން މަސައްކަތް ކުރީ ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖް އެވެ. އެކަމަކު، ތަފާތު އެކި ސަބަބުތަކާ ހުރެ އެ މުބާރާތުގެ ބަދަލުގައި ލަބެރާ ބާއްވަން ނިންމީ އެވެ.

މި ފަހަރުގެ މުބާރާތުގައި ތިން ކެޓަގަރީ އެއް ހިމެނޭއިރު، އޭގެ ތެރެއިން މެންސް އޯޕަންގައި 19 އެތުލީޓުން ވާދަކުރާނެ އެވެ. ޖޫނިއާ ކެޓަގަރީގައި ނުވަ އެތުލީޓުން ވާދަކުރާއިރު، ޑްރޮޕް-ނީ ކެޓަގަރީގައި ވާދަކުރާނީ ހަތް އެތުލީޓުންނެވެ.

މި ފަހަރުގެ މުބާރާތުގައި މާލެ ސިޓީ އަށް ނިސްބަތްވާ އަށް އެތުލީޓުންނާއި، ފުވައްމުލަކު ސިޓީގެ ދެ އެތުލީޓުން، ލ. ގަން ދެ އެތުލީޓުން، ނ. ޅޮހި ތިން އެތުލީޓުން، ށ. ކަނޑިތީމު ދެ އެތުލީޓުން، ނ. މާފަރު، މ. ވޭވަށް އަދި ކ. ދިއްފުށީގެ އެތުލީޓުން ވާދަކުރާނެ އެވެ.

މީގެ ތެެރެއިން ނ. ޅޮހި އަދި ށ. ކަނޑިތީމަކީ އެމްބީބީއޭއިން މި އަހަރު "ހުދު ފޮނު" ބޮޑީބޯޑިން ޕްރޮގްރާމް ބޭއްވި ދެ ރަށެވެ.

އެމްބީބީއޭ އިން ބުނީ ހުދު ފޮނު މުބާރާތުގެ ކާމިޔާބީ މި އެތުލީޓުން ގައުމީ މުބާރާތްތަކުގައި ވާދަކުރާ ކުރުމުން އެނގޭ ކަމަށެވެ.

ލަބެރާގެ އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. އަދި ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން މުހައްމަދު އަޒާން އަހުމަދު ހޯދިއިރު، ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ވެސް ކުޑަ އައްޔަ އެވެ.

މި އަހަރުގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރުގެ އޯޕަން ކެޓަގަރީ އާމިން އުމަރު މޫސާ ކާމިޔާބުކުރިއިރު، ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. އަދި ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އިޔަން އަހުމަދު އެވެ.