Advertisement

އެމްއައިބީގެ ހޯމް ފައިނޭންސިން ފެސިލިޓީއަށް ބޮޑު ބަދަލެއް

3 އޮގަސްޓު 2025 - 13:41 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޯލްޑިވްސް އިސްލާމިކް ބޭންކް: އެ ބޭންކުން ހޯމް ފައިނޭންސިން ފެސިލިޓީއަށް ބޮޑު ބަދަލެއް ވަނީ ގެނެސްފައި -- ފޮޓޯ: އަދަދު ފައިލް


އެމްއައިބީގެ ހޯމް ފައިނޭންސިން ފެސިލިޓީއަށް ބޮޑު ބަދަލެއް

3 އޮގަސްޓު 2025 - 13:41 1

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހޯމް ފައިނޭންސިން ފެސިލިޓީއަށްް ބޮޑެތި ބަދަލު ތަކެއް ގެނެސްފި އެވެ.

އެމްއައިބީން ބުނީ ހޯމް ފައިނޭންސިންއަށް ގެނައި ބަދަލާއެކު އެޕާޓްމަންޓް ފައިނޭންސް ކުރާ ފަރާތްތަތަށް މިހާރު 25 އަހަރާއި ހަމަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިތުރަށް އެޑަވާންސް ނުވަތަ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާ އަދަދު ވަނީ 10 ޕަސަންޓަސް ކުޑަ ކޮއްފައިވާ ކަމަށެވެ.

ހޯމް ފައިނޭންސިންއަށް ގެނެވުނު ބަދަލުތަކާއެކު ގެނެވުނު ލުއިތައް ރަށްރަށުުގައި ދިރިއުޅުމަށް ގެދޮރު އިމާރްކުރާ ފަރާތްތަކަށް ވެސް ލިބޭނެ ކަމަށް އެމްއައިބީން ބުންޏެވެ.

އަލަށް ގެނައި ބަދަލާއެކު ޝަރިޔާ ހުއްދަކުރާ އުސޫލުން ފައިނޭންސް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެކަން ފާހަގަކޮށް އެމްއައިބީން ބުނީ ކުރިން އެ ބޭންކުން ޑައުން ޕޭމަންޓުގެ ގޮތުގައި ތިން މިލިއަން ރުފިޔާގެ އެޕާޓްމަންޓަކަށް ހަ ލައްކަ ރުފިޔާ ނެގި ނަމަވެސް މިހާރު ދައްކަންޖެހެނީ ތިން ލައްކަ ރުފިޔާ ކަމަށެވެ.

އެމްއައިބީ މެދުވެރިކޮށް އެޕާޓްމަންޓް ގަތުމަށް ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވަނީ އިމާރާތްކުރަމުންދާ ޕްރޮޖެކްޓް އަކުންނަމަ، އެ ބޭންކުން ކަނޑައަޅާފައިވާ ވަކި މިންގަނޑު ތަކަކަށް ފެތޭ ޕްރޮޖެކްޓް ތަކަކުން އެކަންޔެވެ.

އެގޮތުން މި ވަގުތު އެމްއައިބީން ފައިނޭންސް ކޮށްދޭ ޕްރޮޖެކްޓްތަކަކީ ރެނާޓަސް ޖަވާހިރު، ރެއިންޕާމް ރެސިޑެންސް، ރެއިންޕާލް ރެސިޑެންސް، އެޕޯލޯ ކުންފުނީގެ ސެންޓްރިއާލް، ސާސޭ ގްލަޓް ދަ ކްރީކް ވިއު އަދި އެސްޖޭ ކްރީކް ރެސިޑެންސެވެ.

އެމްއައިބީން ފައިނޭންސް ކޮށްދޭ ޕްރޮޖެކްޓްތައް އެކި މަރުހަލާތަކުގައި ހިނގަމުންދާއިރު، ވަރަށް އަވަހަށް އިތުރު ބައެއް ޕްރޮޖެކްޓް ތަކުން އެޕާޓްމަންޓް ގަތުމަށް ފައިނޭންސް ހޯދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން އިމާރާތްކޮށް ނިމިފައިވާ ޕްރޮޖެކްޓްތަކުން ވިއްކާ އެޕާޓްމަންޓްތައް ގަތުމަށާއި އަދި އެހެން ބޭންކްތަކުން ފައިނޭންސް ކޮށްފައި ހުންނަ އެޕާޓްމަންޓްތައް ރީފައިނޭންސް ކުރުމަށްވެސް އެމްއައިބ ގެ ހޯމް ފައިނޭންސިންގ ފެސިލިޓީ ބޭނުންކުރެވިދާނެ އެވެ.

އެމްއައިބީއަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ޝަރިއާ ހުއްދަކުރާ އުސޫލުން ފައިނޭންސްކޮށްދޭ އެންމެ ބޮޑު ކުންފުނި ކަމަށްވާއިރު، އެ ބޭންކުން މި އަހަރުގެ ދެ ވަނަ ކުއާޓަރު ނިމުންއިރު 6.57 ބިލިއަން ރުފިޔާގެ ފައިނޭންސް ކޮށްފައިވެ އެވެ.