2 އޮގަސްޓު 2025 - 10:28 2
ލީވާން އަލީ ނާސިރު
މުހައްމަދު ރަޒީން: އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުންދިން މައްސަލައިގައި އޭނާ ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ފުލުހުން
2 އޮގަސްޓު 2025 - 10:28 2
އިސްކަންދަރު ސްކޫލް ކައިރީގައި ހުންނަ އެމްޑީޕީ މައި ހަރުގެއަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުންދިން މައްސަލަ ރޭ ދަންވަރު 1:30 ހާއިރު ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. ސްޓާ، މުހައްމަދު ރަޒީން، 49، ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި އެމްޑީޕީ ހަރުގޭގައި ހުރި ދަގަނޑު ދޮރު ވަނީ ހަލާކުކޮށްލައިފަ އެވެ. ނަމަވެސް ހަރުގެ ތެރޭގައި ހުރި ތަކެއްޗަށް ގެއްލުން ދީފައެއް ނުވެ އެވެ.
މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައެއްގައި ވެސް ރަޒީން ހައްޔަރުކުރި އެވެ.
މީގެއިތުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އައިޖީއެމްއެޗްގެ ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.
Comment