31 ޖުލައި 2025 - 08:40 0
ލީވާން އަލީ ނާސިރު
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު. -- ފޮޓޯ: އަދަދު
31 ޖުލައި 2025 - 08:40 0
ސްޓޭޓު ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދެ ވަނަ ކުއާޓާގެ އާމްދަނީ 3.6 މިލިއަން ރުފިޔާގައި ހުރިއިރު، ސާފު ފައިދާ މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާއަށް ވުރެ 10 ޕަސެންޓު އިތުރުވެއްޖެ އެވެ.
ދެ ވަނަ ކުއާޓާގެ މާލީ ހިސާބުތައް އެސްޓީއޯއިން ރޭ ވަނީ އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި ދެ ވަނަ ކުއާޓާގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ހުރީ 198 މިލިއަން ރުފިޔާގަ އެވެ. ނަމަވެސް ޓެކުހަށް ކެނޑުމަށް ފަހު، ސާފު ފައިދާ އަކީ 163 މިލިއަން ރުފިޔާ އެވެ.
މިއީ، ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު ތިން ޕަސެންޓުގެ ދަށްވުމުމެވެ. ނަމަވެސް މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާއާ އަޅާ ބަލާއިއިރު ސާފު ފައިދާ 10 ޕަސެންޓު އިތުރުވެފައިވެ އެވެ. އެއީ 15 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާގެ ފައިދާއަކީ 147.9 މިލިއަން ރުފިޔާ އެވެ.
ނަމަވެސް މިއަހަރު ފުރަތަމަ ކުއާޓާގެ އާމްދަނީ އަށް ވުރެ ދެ ވަނަ ކުއާޓާގެ އާމްދަނީ 12 ޕަސެންޓު ދަށްވެފައިވެ އެވެ.
"ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއި އަދި މިކުއާޓާގައި ތެލުގެ ޑިމާންޑް ދަށްވުން،" އެސްޓީއޯއިން ފޮނުވި ބަޔާނުގައި ބުނެފައިވެ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޖެޓު ފިއުލްގެ ޑިމާންޑު ވަނީ ދަށްވެފަ އެވެ. ނަމަވެސް ޑީސަލްގެ އަގު ހެޔޮކުރުމާއެކު ޑީސަލްގެ ވިކުނު މިންވަރު އިތުރުވެފައިވާ ކަމަށް ފާހަގަ ކުރެ އެވެ.
ތެޔޮ ފިޔަވައި އެސްޓީއޯގެ އެހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ހަ ޕަސެންޓު އިތުރުވެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment