Advertisement

ސަލްޓަން ޕާކުގައި ލަންކާގެ ރައީސް އިންދެވީ މޫނިމާގަހެއް

30 ޖުލައި 2025 - 17:20 1


ސަލްޓަން ޕާކުގައި ލަންކާގެ ރައީސް އިންދެވީ މޫނިމާގަހެއް

30 ޖުލައި 2025 - 17:20 1

ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ސަލްޓަން ޕާކުގައި މޫނިމާ ގަހެއް ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ އިންދަވައިފި އެވެ.

މިއަދު ހަވީރު އޮތް ކުޑަ ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒު ވެސް އަނޫރާ އާއެކު ބައިވެރިވެވަޑައިގަތެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ސަލްޓަން ޕާކުގައި ގަހެއް އިންދެވި އެވެ. އެ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މޯދީ އާއެކު މުއިއްޒު ވެސް ގަހެއް އިންދެވި އެވެ.

ދެ ގައުމުގެ މެދުގައި ބޭއްވި މަޝްވަރާތަކުގައި، ތައުލީމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާ ކުރި އެވެ. ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ލަންކާގައި މިހާރު ވެސް ކިޔަވާތީ، އެކަމާ ގުޅޭ ގޮތުން ވެސް ދެ ގައުމުން ވަނީ މަޝްވަރާކޮށްފަ އެވެ.

މިއީ ރައީސް ޑިސަނަޔަކެ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ދައުވަތު އެރުވީ ރައީސް މުއިއްޒެވެ.