Advertisement

ހަތަރު ފުރޮޅުލީ 300 އުޅަނދުގެ ޕާކިން ބިލްޑިން އަކާއި ކާނިވާއެއް ހަދަނީ

30 ޖުލައި 2025 - 09:14 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭގެ މަގެއްގެ ދެ ފަރާތުގައި ކާރުތައް ޕާކުކޮށްފައި. -- ފޮޓޯ: އަދަދު


ހަތަރު ފުރޮޅުލީ 300 އުޅަނދުގެ ޕާކިން ބިލްޑިން އަކާއި ކާނިވާއެއް ހަދަނީ

30 ޖުލައި 2025 - 09:14 0

ހަތަރު ފުރޮޅުލީ 300 އުޅަނދުގެ ޖާގައިގެ ޕާކިން ބިލްޑިން އަކާއި ކާނިވާއެއް ހަދާނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ގެޒެޓު ކޮށްފައިވާ އިއުލާނުގައި ވަނީ މާލޭ އުތުރު ފަރާތުގެ ބިމެއްގައި ހަދާ ބޮޑު ޕާކިން ބިލްޑިން އިމާރާތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޯގަސްޓު 6 ގައި އޮންނާނެ ކަމަށާއި ބީލަން ހުށަހެޅުން އޮންނާނީ އޯގަސްޓު 13 ވަނަ ދުވަހު ކަމަށެވެ.

ޕާކިން ބިލްޑިންގެ އިތުރުން، ސައިކަލް ޕާކް ކުރުމަށް މާފަންނު އަދި ގަލޮޅު މައިޒާނުގެ އަދި ޑަންޑެހެލު ޕާކުގައި 700 ސައިކަލްގެ ޖާގަ ހަދަން މަސައްކަތް ކުރާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ކާނިވާ ހަދަން ނިންމާފައި ވަނީ ހެންވޭރުގައި އޮންނަ ބީޗު ވޮލީ ކުޅޭ ސަރަހައްދުގެ ބިއްދޮށުން އޮންނަ ބިމުގަ އެވެ.

އެތަނުގެ 2000 އަކަފޫޓުގައި ކާނިވާ ހަދައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ސެޝަން އޯގަސްޓު 7 ގައި ބޭއްވުމަށް ފަހު، ބީލަން ހުށަހަޅަން ޖެހޭ ތާރީހަކީ އޯގަސްޓު 14 އެވެ.

މާލޭގައި ޕާކިން ބިލްޑިން އެޅުމަކީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރުން ފެށިގެން ގެންގުޅުއްވާ ތަސައްވުރެކެވެ. ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ބިލްޑިންއެއް ބިނާކުރެވިފައެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެގެން އައިއިރު، ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި ޕާކިން ބިލްޑިންއެއްގެ ބިންގާ ސަރުކާރުން އެޅި އެވެ. ނަމަވެސް އެ މަޝްރޫއު ވެސް ވަނީ ހުއްޓިފަ އެވެ.