Advertisement

ރަނގަޅު އޮފާއެއް ނުލިބޭތީ ރެއާލުން ރޮޑްރީގޯގެ އަގުކުޑަކުރަނީ

30 ޖުލައި 2025 - 07:09 0


ރަނގަޅު އޮފާއެއް ނުލިބޭތީ ރެއާލުން ރޮޑްރީގޯގެ އަގުކުޑަކުރަނީ

30 ޖުލައި 2025 - 07:09 0

މެޑްރިޑް (ޖުލައި 30) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް، ރޮޑްރީގޯ ވިއްކާލަން އެ ކްލަބުން ބޭނުންވާ އަގަށް ރަނގަޅު އޮފާއެއް ނުލިބޭތީ، އޭނާގެ އަގު ކުޑަކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރޮޑްރީގޯ، 24، ހޯދުމަށް އާސެނަލުން މި ފަހަރުގެ ޓްރާންސްފާގައި ވަނީ 70 މިލިއަން ޑޮލަރު އޮފާއެއް ރެއާލަށް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް، ރެއާލް، ބޯޑުން ވަނީ އާސެނަލްގެ ހުށަޙެޅުމަށް ނޫނެކޭ ބުނެފަ އެވެ. އަދި، ރެއާލުން ރޮޑްރީގޯ ވިއްކާލަން ކިޔާ 100 މިލިއަން ޑޮލަރު ދޭނެ ޕްރޮޕޯސަލެއް އައިސްގެން ނޫން ގޮތަކަށް އެ ޓްރާންސްފާ ކުރިއަށް ނުދާނެ ކަމަށް ރެއާލުން ވަނީ އަންގައިފަ އެވެ.

އެކަމަކު، ރެއާލަށް މި ފަހަރުގެ ޓްރާންސްފާގައި އިތުރު ކުޅުންތެރިއަކު ގަނެވެން އޮތީ ކުޅުންތެރިން ވިއްކައިގެން އާމްދަނީ ހޯދައިގެން ކަމަށް އެ ކްލަބްގެ މެނޭޖްމަންޓުން ނިންމާފައިވާތީ، ރޮޑްރީގޯ އަށް 70 މިލިއަން ޑޮލަރުގެ ބިޑެއް އައި ކަމުގައި ވިޔަސް ދޫކޮށްލަން އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ.

ޓްރާންސްފާގެ ގިނަ ވާހަކަތަކެއް ދެކެވެމުން ދިޔަ ކަމުގައި ވިޔަސް، ރޮޑްރީގޯ ވަނީ ރެއާލްގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު، ރެއާލުން އޭނާ ދޫކޮށްލަން ނިންމައިފިނަމަ، ދެން ގުޅޭ ޓީމަކަށް ވެސް ކުޅޭނީ މިހާރު ލިބޭ މުސާރަ އަށް ކަމަށް ރޮޑްރީގޯ ވަނީ ނިންމައިފަ އެވެ. ރެއާލުގެ ކޯޗު، ޒަބީ އަލޮންސޯގެ ޕްލޭނުގައި ރޮޑްރީގޯ ނުހިމެނެ އެވެ.