Advertisement

މާލެއިން ފިޔާ މަދުވެގެން އިންޑިއާއިން ފިޔާ ޝިޕްމަންޓެއް އެސްޓީއޯއިން ގެންނަނީ

29 ޖުލައި 2025 - 19:34 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މާލެއިން ފިޔާ މަދުވެގެން އިންޑިއާއިން ފިޔާ ޝިޕްމަންޓެއް އެސްޓީއޯއިން ގެންނަނީ

29 ޖުލައި 2025 - 19:34 2

ވަރަށް ގިނަ ފިހާރަތަކުން ފިޔާ ހުސްވެ، މުޅި މާލެއިން ވަރަށް ބޮޑަށް ފިޔާ މަދުވުމުން ފިޔާ ޝިޕްމަންޓެއް އިންޑިއާއިން ގެންނަން ސްޓޭޓް ޓްރޭޑިން އޮގައިނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފި އެވެ.

އެސްޓީއޯގެ ކޯޕަރޭޓް ބްރޭންޑިން އޮފިސާ ޔޫސުފް ޝާހު އަދަދު އަށް ވިދާޅުވީ ބާޒާރުގައި ފިޔާ ލިބުމުގައި ދަތިތަކެއް އުޅޭތީ އެކަން ހައްލު ކުރުމަށް އިންޑިއާއިން ފިޔާ ޝިޕްމަންޓެއް ގެންނަން އެސްޓީއޯއިން ނިންމާފައިވާ ކަމަށެވެ.

"ބާޒާރުގައި މިހާރު އުޅޭ ފިޔާ ޝޯޓޭޖް ހައްލު ކުރުމަށް އެސްޓީއޯއިން އިންޑިއާއިން ޝިޕްމަންޓެއް އެބަ ގެނޭ،" އޭނާ ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ ވަރަށް އަވަހަށް އެ ޝިޕްމަންޓް މާލެ ގެނެސް ބާޒާރަށް ނެރޭނެ ކަމަށާއި އަމާޒަކީ ފިޔާ ލިބުމުގައި މިހާރު ހުރި ދަތިތައް ވީހާވެސް އަވަހަށް ހައްލު ކުރުން ކަމަށެވެ.

އެކަމަކު އެސްޓީއޯއިން ފިޔާ ގެންނަނީ ފިޔަލުގެ ޝޯޓެއް ކުރިމަތިވުމުންނެވެ. އޭގެ އިތުރުން އެސްޓީއޯއިން ފިޔާ ގެންނަނީ އާންމުކޮށް ރޯދަ މަހަށެވެ.

މާލޭގައި ހިންގާ ބޮޑެތި ވަރަށް ގިނަ މާޓުތަކުން ހުރީ ފިޔާ ހުސްވެފަ އެވެ. އަދި ފިޔާ އިމްޕޯޓު ކުރާ ބައެއް ތަންތަނުގައި ވެސް މިވަގުތު ފިޔައެއް ނެތެވެ. ގިނަ ކުދި ފިހާރަތަކުގައި އެއްގޮތަކަށް ވެސް ފިޔާ ނެތް ކަން މި ނޫހަށް އެނގިފައިވެ އެވެ.

އެކަމަކު، މި ނޫހަށް އެނގިފައިވާ ގޮތުގައި މާލޭ ވިޔަފާރި ބަނދަރުގައި މިވަގުތު ވެސް ދެ ޝިޕްމެންޓު ފިޔާ އެބަ ހުއްޓެވެ. މޫސުން ތަންދޭ ނަމަ މިރޭ ތަކެތި ބޭލޭނެ ކަމަށް ބެލެވެ އެވެ.

ފިޔާ މަދުވުމުން އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މިހާރު ފިޔާ ކިލޯއެއް ލިބެނީ އެވްރެޖުކޮށް 25 ރުފިޔާއަށެވެ. މީގެ ކުރިން ފިޔާ ކިލޯއެއް ވިއްކީ 15 ރުފިޔާއަށެވެ.