29 ޖުލައި 2025 - 15:05 0
29 ޖުލައި 2025 - 15:05 0
ލ. މާވަށުގައި އިއްޔެ ހިންގި މާރާމާރީގައި ވަޅިން ހަމަލާދީ މޫސާ އިބްރާހިމް، 29، މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހދ. ނޮޅިވަރަމް، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ.
މޫސާއަށް ދިން ހަމަލާ އަމާޒުވީ އޭނާގެ ކަރަށް ކަމަށް އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ. އޭނާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން މޫދަށް ފީނައިގެން އިއްޔެ ވަނީ ހޯދައިފަ އެވެ.
ފުލުހުން ބުނީ މޫސާ އިބްރާހިމަށް ހަމަލާދިންކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 10:12 ހާއިރު ކަމަށެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ.
Comment