Advertisement

"ލަބެރާ ބޮޑީބޯޑިން ޗެލެންޖް"ގެ މީޑިއާ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް"

30 ޖުލައި 2025 - 19:56 0


"ލަބެރާ ބޮޑީބޯޑިން ޗެލެންޖް"ގެ މީޑިއާ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް"

30 ޖުލައި 2025 - 19:56 0

ގައުމީ ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތް "ލަބެރާ ބޮޑީބޯޑިން" ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް" ހަމަޖައްސައިފި އެވެ.

މީގެ ކުރިންވެސް "އަދަދު ސްޕޯޓްސް" އިން ވަނީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ މުބާރާތްތަކުގައި އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އެ ގޮތުން، 2023 ވަނަ އަހަރު ބޭއްވި މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތަކީ ހާއްސަ މުބާރާތްތަކެވެ.

އެމްބީބީއޭ އިން މި އަހަރު ލީގުގެ ދެ ވަނަ މުބާރާތެއްގެ ގޮތުގައި ކުރިން ބާއްވަން މަސައްކަތް ކުރީ ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖް އެވެ. އެކަމަކު، ތަފާތު އެކި ސަބަބުތަކާ ހުރެ އެ މުބާރާތުގެ ބަދަލުގައި ލަބެރާ ބާއްވަން ނިންމީ އެވެ.

މި ފަހަރުގެ ލަބެރާ މުބާރާތް ކުރިއަށް ދާނީ ތިން ކެޓަގަރީ އަކަށެވެ. އެއީ، މެންސް އޯޕަން، ޖޫނިއާ އޯޕަން އަދި ޑްރޮޕް-ނީ ކެޓަގަރީ އެވެ.

ލަބެރާގެ އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. އަދި ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން މުހައްމަދު އަޒާން އަހުމަދު ހޯދިއިރު، ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ވެސް ކުޑަ އައްޔަ އެވެ.

މި އަހަރުގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރުގެ އޯޕަން ކެޓަގަރީ އާމިން އުމަރު މޫސާ ކާމިޔާބުކުރިއިރު، ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. އަދި ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އިޔަން އަހުމަދު އެވެ.