Advertisement

މޫސާ އިބްރާހިމް މަރާލަން ހަމަލާދިން ވަޅި މޫދުން ހޯދައިފި

28 ޖުލައި 2025 - 19:01 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިއަދު މަރުވި މޫސާ އިބްރާހިމް -- ފޮޓޯ: އަދަދު


މޫސާ އިބްރާހިމް މަރާލަން ހަމަލާދިން ވަޅި މޫދުން ހޯދައިފި

28 ޖުލައި 2025 - 19:01 3

ލ. މާވަށުގައި މިއަދު ހިންގި މާރާމާރީގައި މޫސާ އިބްރާހިމް މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން ހޯދައިފި އެވެ.

މީޑީއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މޫސާ މަރާލަން ހަމަލާދިން ކަމަށް ބެލެވޭ ވަޅި ހޯދީ މޫދަށް ފީނައިގެން ކަމަށެވެ.

"ހަމަލާ ދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ވަނީ ހޯދާފައި،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

މާވަށުގައި މިއަދު ހެނދުނު މާރާމާރީ ހިންގައި މަރައިލީ މާވަށު، ނަލަހިޔާ، މޫސާ އިބްރާހިމް، 29، އެވެ. އޭނާއަށް ދިން ހަމަލާ އަމާޒުވީ ކަރަށް ކަމަށް އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ.

މޫސާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހދ. ނޮޅިވަރަމް، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، އެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މޫސާ އިބްރާހިމަށް ހަމަލާދިންކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 10:12 ހާއިރު ކަމަށެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.