28 ޖުލައި 2025 - 19:07 0
ލީވާން އަލީ ނާސިރު
28 ޖުލައި 2025 - 19:07 0
ދިވެހިންގެ މެދުގައި މަގުބޫލު ހިންދީ ޑްރާމާ "ކިއުކީ ސާސް ބީ ކަބީ ބަހޫތީ" 2 މާދަމާ މީޑިއާނެޓްގެ ސްޓާ ޕްލަސް އިން ދައްކަން ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ ޑްރާމާ މާދަމާ ރޭ ސްޓާ ޕްލަސްގައި އެޅުވުމަށް ހަމަޖެހިފައި ވަނީ 10:00 ޖަހާއިރެވެ.
ޑްރާމާގައި ތުސީގެ ކެރެކްޓާއިން ކުރިއެކޭ އެއްގޮތަށް ސްމްރިޓީ އިރާނީގެ ފެނިގެންދާނެ އެވެ. އަދި ކަރަންގެ ރޯލުން ހިތެން ތެޖްވާނީ ފެންނައިރު، ނަންދްނީގެ ރޯލުން ގައުރީ ޕްރަދާން ފެންނާނެ އެވެ.
މީގެއިތުރުން ޑްރާމާގައި އެކި ކެރެކްޓާތަކުން މުޅިން އައު މޫނުތައް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.
ކިއުކީ ސާސް ބީ ކަބީ ބަހޫތީ މީޑިއާނެޓުން ބެލުމަށް މީޑިއާނެޓުގެ ފެމިލީ ޕެކޭޖް އަދި އެއަށްވުރެ މައްޗަށް ސަބްސްކްރައިބް ކޮށްގެން ބޭލެނެ އެވެ.
Comment