28 ޖުލައި 2025 - 12:54 1
ލީވާން އަލީ ނާސިރު
ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް، 29 -- ފޮޓޯ: ފުލުހުން
28 ޖުލައި 2025 - 12:54 1
ލ. މާވަށުގައި ވަޅިން ހަމަލާދީ މީހަކު މަރައިލި ހާދިސާއާ ގުޅިގެން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް، 29 ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ މާރާމާރީއަކީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށެވެ. އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ރެކޯޑު އޮންނަ މީހެކެވެ.
ވަޅީގެ ހަމަލާގައި މަރުވީ މާވަށު، ނަލަހިޔާ، މޫސާ އިބްރާހިމް، 29، އެވެ. އޭނާގެ ހަށިގަނޑު މިހާރު ބާއްވާފައި އޮތީ އެ ރަށު ސިއްހީ މަރުކަޒުގަ އެވެ. ވަޅީގެ ހަމަލާ އެރީ މޫސާ އިބްރާހިމްގެ ކަރަށެވެ.
"ބައެއް މީހުންނަށް ފެނުނު ވަޅި ޖަހާފަ އޭނާ ދުވެފައި ދިޔަ ތަން. އެއީ ކައުންސިލް އިދާރާ ކައިރި،" ލ. އަތޮޅުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފުލުހުން ބުނީ މޫސާ އިބްރާހިމަށް ހަމަލާދިންކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 10:12 ހާއިރު ކަމަށެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
Comment