Advertisement

އދ. އޮމަދޫގައި އަމިއްލަ ކޮޓަރީގައި ރޯކުރި މީހަކު ހައްޔަރުކޮށްފި

28 ޖުލައި 2025 - 12:50 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އދ. އޮމަދޫގައި އަމިއްލަ ކޮޓަރީގައި ރޯކުރި އަހުމަދު ނާފިއު -- ފޮޓޯ: ފުލުހުން


އދ. އޮމަދޫގައި އަމިއްލަ ކޮޓަރީގައި ރޯކުރި މީހަކު ހައްޔަރުކޮށްފި

28 ޖުލައި 2025 - 12:50 0

އދ. އޮމަދޫގައި އަމިއްލަ ކޮޓަރީގައި އަލިފާން ރޯކުރި މީހަކު ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ އދ. އޮމަދޫ، ސްޓެލާ، އަހުމަދު ނާފިއު، 32 ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައި ހުރި ތަކެއްޗަށް ގެއްލުންދީ އަލިފާން ރޯކުރުމުން ކަމަށެވެ.

"އދ. އޮމަދޫ ގެއެއްގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު އަޑު ގަދަކޮށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ތަކެއްޗަށް ގެއްލުންދީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައި ރޯކޮށްލާފައިވޭ،" ފުލުހުން ބުންޏެވެ.

އަލިފާން ރޯކުރުމުގެ ސަބަބުން މީހަކަށް އަނިޔާ ނުވި ނަމަވެސް، ކޮޓަރީގައި ހުރި ގިނަ އަދަދެއްގެ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.