Advertisement

އިންޑިއާގެ އެހީތެރިކަމާއެކު ތަރައްގީކުރި ކޯސްޓު ގާޑުގެ ދޮށިމޭނާ ބިލްޑިން ހުޅުވައިފި

25 ޖުލައި 2025 - 22:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އިންޑިއާގެ އެހީތެރިކަމާއެކު ތަރައްގީކުރި ކޯސްޓު ގާޑުގެ ދޮށިމޭނާ ބިލްޑިން ހުޅުވައިފި

25 ޖުލައި 2025 - 22:08 0

އިންޑިއާގެ އެހީތެރިކަމާއެކު 10 ފަންގިފިލާއަށް ތަރައްގީކުރި އެމްއެންޑީއެފް ކޯސްޓު ގާޑުގެ ދޮށިމޭނާ ބިލްޑިން މިއަދު ހުޅުވައިފި އެވެ.

އެމްއެންޑީއެފްގެ ދޮށިމޭނާ ބިލްޑިން ހުޅުވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސް މުހައްމަދު މުއިއްޒު އެވެ.

ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ދަތުރެއްގައި މޯދީ މިއަދު ވަޑައިގެންފައިވާއިރު، ދޮށިމޭނާ ބިލްޑިންގެ އިތުރުން ރާއްޖޭގައި އިންޑިއާއިން ފަށާފައިވާ ބައެއް މަޝްރޫއުތަކުގެ ނިންމުން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ، މީގެ ކުރިން ވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ގޮތަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މޯދީ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން މާދަމާ ބާއްވާ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މުއިއްޒު ދެއްވި ދައުވަތަށެވެ.

މިއީ ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ތިން ވަނަ ޒިޔާރަތެވެ. މީގެ ކުރިން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު މޯދީ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މޯދީ އަކީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ ގައުމެއްގެ ފުރަތަމަ ވެރިޔާއަށެވެ.