ރަޝިއާގައި ފްލައިޓެއް ވެއްޓި 50 މީހުން މަރުވެއްޖެ އެވެ.
އެންޓެނޯވް އޭއެން-24 މަރުކާގެ މި ބޯޓުން 50 މީހުން ދަތުރުކުރި އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ އެންމެން ވެސް ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ފަސް ކުޑަކުދިންނާއި ހަ ކްރޫ މެންބަރުން ހިމެނެ އެވެ.
ޖަންގަލީ ތެރެއަށް ވެއްޓުނު ބޯޓާ ހަމައަށް ވާސިލުވުމަށް ރެސްކިއު ޓީމުތަކަށް ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.
އެ ބޯޓަކީ 1976 ވަނަ އަހަރު އުފައްދާފައިވާ ދުވަސްވީ ބޯޓެކެވެ. އެ ބޯޓު ވެއްޓުނީ ޗައިނާ ބޯޑަރު ކައިރީގައި އޮންނަ ރަޝިއާގެ ސަރަހައްދަކަށެވެ.
އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ރަޝިއާގެ އިދާރާތަކުން ވަނީ ބުނެފަ އެވެ.
Comment