މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް މުސާރަ ޖަމާކުރާ މީހުންނަށް ހާއްސަ "ބެނެފިޓް" ތަކާއި ތަފާތު އެކިއެކި ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ "MIB9" ކްލަބް ބަދަލުތަކަކާއެކު އަލުން ލޯންޗް ކޮށްފި އެވެ.
އެމްއައިބީގެ ޗީފް ރީޓެއިލް ބޭންކިން އޮފިސަރު ވިދާޅުވީ އެއީ ހަމައެނި "ރިވާޑް ޕްރޮގްރާމެއް' ނޫން ކަމަށާއި، އެއީ ދިރިއުޅުމުގެ އެކި ކަންކަން ތަފާތު ގޮތަކަށް ތަޖުރިބާ ކޮށްލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
ކްލަބްގެ މެމްބަރުންނަށް ލިބޭ ފައިދާތައް
- ރުފިޔާ ކާޑުން އޮންލައިން ވިޔަފާރިކޮށްލައި، މަހުން މަހަށް ސަބްސްކްރިޕްޝަންތަކަށް ޑޮލަރުން ފައިސާ ދައްކާލުން ފަދަ އޮންލައިން ޓްރާންސެކްޝަންތަކަށް ބޭނުންކޮށްލުމަށް މަހަކު 250 ޑޮލަރުގެ ލިމިޓު ލިބޭނެ.
- އުޖާލާ ދިރިއުޅުން މެދުވެރިކޮށް ކުޑަ އަގެއްގައި ފައިނޭންސް ކޮށްގެން ކުޑަ އިންސްޓޯލްމަންޓް އަދަދަކާއި އެކު އިތުރު ލިމިޓް ލިބޭނެ
- ކޮންސިއާޖް ގުރޫޕް މެދުވެރިކޮށް ބަޓިކް އެއާގެ ފްލައިޓް ތަކުން މިހާރުގެ ހޮޓް ޑެސްޓިނޭޝަންތަކަށް އަގުހެޔޮކޮށް ދަތުރުކޮށްލުމަށް ޓިކެޓްތަކުން 12 ޕަސަންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ
- ޖިމް މެމްބާޝިޕް ފީ ތަކުން އެކްސްކްލޫސިވް ސޭވިންގްސް ހޯއްދެވުމަށް ޓީއެފްޖީ އާއި ޖިމްނޭސިއާ އިން 30 ޕަސަންޓާއި ހަމައަށް ޖެނެރަލް މެމްބާޝިޕުން ޑިސްކައުންޓު ލިބޭނެ.
- ފްލޭޝް ޑީލްސްގެ ނަމުގައި އަޅުގަނޑުމެންގެ ޕާޓްނާ ފިހާރަ، ރެސްޓޯރެންޓް އަދި ގެސްޓުހައުސްތަކުން ކްލަބު މެމްބަރުންނަށް ހާއްސަ އެކި ޑިސްކައުންޓުތައް ލިބޭނެ.
އެ ހުރިހާ ފައިދާތަކެއް ވެސް މުސާރަ ޖަމާކުރައްވާ ފުރަތަމަ މަހުން ފެށިގެން ލިބިގެންދާނެ އެވެ. އެ ކްލަބްގެ މެމްބާޝިޕް ހޯދުމަށް ހަމައެކަނި ކޮށްލަން ޖެހޭ ކަމަކީ އެމްއައިބީގެ އެކައުންޓަށް މުސާރަ ޖަމާކުރުމެވެ.
ކުރިއަށް އޮތް ތިން މަސްދުވަހު ކްލަބާއި ބައިވެރިވާ މީހުންގެ ތެރެއިން ނަސީބުވެރި ހަތަރު މީހަކަށް ލިބޭ އަގުހުރި އިނާމްތަކެކެވެ.
ޕްރޮމޯޝަންތަކުގެ ތެރޭގައި ހިމެނެނީ
- ނަސީބުވެރި އެއްފަރާތަކަށް ދެ މީހުންގެ ދެކޮޅު ޓިކެޓް (ބަޓިކް އެއާގެ އެންމެ މަގުބޫލް ހަ ގައުމަކުން އެއް ގައުމަކަށް).
- ނަސީބުވެރި އެކަކަށް 1000 ޑޮލަރުގެ ފައިސާގެ އިނާމް.
- ނަސީބުވެރި އެކަކަށް ބޭންކުގެ ޕާޓްނާ ޖިމަކުން އެއް އަހަރު ދުވަހުގެ ހިލޭ މެމްބާޝިޕް.
- ގުރުއަތުން ހޮވޭ އެއްފަރާތަކަށް އެޕަލް މެކްބުކް އެއާއެއް.
މި ޕްރޮމޯޝަން ކުރިއަށްދާނީ އޮކްޓޯބަރު 15 ގެ ނިޔަލަށެވެ. އޮފާތަކުގެ އިތުރު ތަފްސީލް ހޯއްދެވުމަށް އިސްލާމިކް ބޭންކްގެ ވެބްސައިޓުން ލިބޭނެ އެވެ.
Comment